ޚަބަރު

ހުޅުމާލޭ ސަހަރާގެ ގޯތި ތެރޭގައި ފެންހިންދާ ނިޒާމެއް ގާއިމްކޮށްދޭނެ ބަޔަކު ހޯދަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން
ހުޅުމާލެ ސަހަރާ/ ފޮޓޯ: އަދަދު

ހުޅުމާލޭ ސަހަރާގެ ގޯތިތެރޭގައި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، ފީޑިން ރޫމަކާއި ފާހަނާ ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ.

Ads by STELCO

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެ ކައުންސިލުންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެހެން ކަމުން މި މަސައްކަތް އެ ކައުންސިލަށް ކޮށްދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މަޢުލޫމާތު  ސާފުކުރުމަށާއި އަގު ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް ބިޑްހުށަހެޅުމަށް ވަނީ އެދިފައެވެ.

ސިޓީ ކައުންސިލުން ބުނީ ދީފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި މަސައްކަތަށް އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

ވިއްސާރަ ދުވަސްވަރު ހުޅުމާލެ ހިނަވާގެއާއި ސަހަރާގައި ފެންބޮޑުވާތީ މީހުން ވަޅުނުލެވޭ މައްސަލަ ޙައްލުކުރުމަށް ސަހަރާގައި ފެންހިންދާ ނިޒާމު ޤައިމު ކުރުމަށާއި ފާޚާނާ ބަރިއަކާއި ވުޟޫ ކުރުމަށް ޚާއްސަ ސަރަޙައްދަކާއި އަދި ތުއްތު ކުދިން ގޮވައިގެން އުޅޭ މީހުންނަށް ލުއިފަސޭހަކުރުމަށް ފީޑިން ރޫމަކާއި އަންހެނުންނަށް ދެ ފާހާނާ އާއި ފިރިހެނުންނަށް ދެ ފާހާނާ ހެދުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!