ޚަބަރު ސަރުކާރު

އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ

ޙައްވާ އިނާޝާ ، ދެން އޮންލައިން

މި އަހަރުގެ ޖަނަވަރީ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީ މިދިޔަ ޖަނަވަރީ މަހާއި އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by STELCO

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޖަނަވަރީ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް 349 މިލިއަން ރުފިޔާ ލިބިފައިވާއިރު މި އަހަރުގެ ޖަނަވަރީ މަހު މި އަދަދުވަނީ 373 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ހަމަ އެހެންމެ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް 3.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖަނަވަރީ މަހު މި އަދަދު ވަނީ 5.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.  އަދި އެކްސްޕޯޓަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ މަހު 173 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވީ ނަމަވެސް މިދިޔަ އަހަރުގެ ޖަނަވަރީ މަހު އެކްސްޕޯޓް އުޅެނީ 251 މިލިއަނުގައެވެ.

ޖަނަވަރީ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ޤައުމުތަކުގެ ތެރޭގައި ޔޫއޭއީ، އޮމާން،އިންޑިއާ،ޗައިނާ، އަދި ސިންގަޕޯ ހިމެނެއެވެ.

މީގެ އިތުރުން ޖަނަވަރީ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑް، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، ބަންގްލަދޭޝް އަދި އިންޑިއާއަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!