މާލެ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

މާލެ ސިޓީ ކައުންސިލުން ކުރިއަށް އޮތް ރޯދަ މަހު ބާއްވަން ނިންމާފައިވާ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާފައިވާ ކަމަށެވެ.
ގުރުއާން މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭއިރު، ކޮންމެ ގޮތްޕެއްގައި ވެސް ހަ އުމުރުފުރާ ހިމެނެއެވެ. އެ އުމުރުފުރާތަކުގެ ތެރޭގައި ހިމެނެނީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ. މަދަހަ މުބާރާތް ވެސް ހުޅުވައިލީ މި އުމުރުފުރާތަކަށެވެ.
މުބާރާތުގައި ބައިވެރިވުމަށް މި ލިންކުން އެޕްލިކޭޝަން ހުށަހެޅޭނެއެވެ.