ދުނިޔެ

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބަލޫޗްއާ ދެކޮޅަށް ގްރޭ ވޯފެއާ ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހިނގަމުންދާ ސިޔާސީ ރެސްލިންގެ ހިމާޔަތުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ގެއްލުނު މީހުން އަނބުރާ ގައުމަށް ގެންދިއުމަށް ގޮވާލާ ބަލޫޗް ރައްޔިތުންނާ ދެކޮޅަށް ސިއްރުން ހަނގުރާމައެއް ފަށައިފަ އެވެ. މިއަހަރުގެ ކުރީކޮޅު ބަލޫޗްގެ ޒުވާން ޑޮކްޓަރެއް ކަމަށްވާ ޑރ.މަހްރަންގް ބަލޮޗް އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ މުޒާހަރާގެ ބޮޑު ކާމިޔާބީއާ ގުޅިގެން އަސްކަރިއްޔާގެ ޖެނެރަލުން ރުޅިގަދަވެއްޖެއެވެ.

Ads by Sosun Fihaara

ބޯލާން އާއި ހަރްނާލްގެ ފަރުބަދަމަތީ ސަރަހައްދުތަކުގެ ބަލޫޗް ވިލެޖްތަކާއި އަވަށްތަކަށް ހަތިޔާރުއެޅި ހެލިކޮޕްޓަރުތަކުން ބޮން އެޅުމުގެ ސަބަބުން ބޮޑު ސަރަހައްދެއްގައި ހުރި ގެތަކާއި ޖަނަވާރުންގެ ހިޔާތައް ހަލާކުވަމުން ދެއެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ބޮމުގެ ހަމަލާތަކުގައި އެ ސަރަހައްދުގެ ޖަންގަލިތަކުގައި ވަނީ އަލިފާން ރޯވެފަ އެވެ. ބޮން ގޮއްވާލި މިޝަންތަކުގެ ސަބަބުން ވައިލްޑްލައިފް އަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. ގުދުރަތީ ރިޒާވަރުތަކަށް ބޮޑެތި ސްޓްރެފިންގެ ސަބަބުން ދަނީ ގެއްލުންވަމުންނެވެ.

ސަންގާން، ޖަމްބާޑޯ، މިއާ ކައުރް، ބުޒްގަރު އަދި ލައްކަޑް ސަރަހައްދުގެ ބަލޫޗް ވިލެޖްތަކުގައި ގިނަ އަދަދެއްގެ ސިފައިންނާއި އެއްގަމު ހަތިޔާރުގެ ސިސްޓަމްތައް ދަނީ ބަންދުކުރަމުންނެވެ.

އަސްކަރީ ޙަމަލާތަކާ ދެކޮޅަށް ބަލޫޗް ހަނގުރާމަވެރި ޖަމާޢަތްތަކުން ވަނީ ބޮލާންގައި ތިބި ޕާކިސްތާން ސިފައިންނަށް ރައްދުދޭން ފަށާފައެވެ. ކަށަވަރު ނުވާ ރިޕޯޓްތައް ބުނާ ގޮތުން ބަލޫޗާއި ސިފައިންގެ ތެރެއިން ވެސް މީހުން ވަނީ މަރުވެފަ އެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދުގައި ޕީޕީޕީ އާއި ޕީއެމްއެލްއެން އާ ހަވާލުވުމުން ކުރިއަށް އޮތް ދުވަސްތަކުގައި އެ މީހުންނަށް ދޭ ހަމަލާތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބަލޫޗް މީހުން ގަބޫލުކުރެ އެވެ. މީގެ ކުރިން ވެސް ބަލޫޗް މީހުންނަށް ދިން ހަމަލާތަކާ މެދު ދެ ޕާޓީން ވެސް ވަނީ އިހުމާލުވެފައި ނުވަތަ ޕާޓީކޮށްފަ އެވެ. ޕީޕީޕީގެ ބާނީ ޒުލްފިޤާރު އަލީ ބުއްޓޫގެ ވެރިކަމުގައި 70ގެ އަހަރުތަކުގައި އަސްކަރިއްޔާއިން ވަނީ ޗަމަލިންގ އާއި ކޮހިސްތާން މަރީ ސަރަޙައްދުގެ އެހެނިހެން ސަރަޙައްދުތަކަށް ބޮން އަޅާފައެވެ.

އަސްކަރިއްޔާއިން ވަނީ ބަލޫޗަށް އެކި ފަހަރު މަތިން އަސްކަރީ ހަމަލާތައް ދޭން މަސައްކަތްކޮށްފަ އެވެ. އެންމެ ފަހުން އެންމެ ބޮޑު ހަމަލާއެއް ދީފައިވަނީ މުޝައްރަފްގެ ވެރިކަމުގައި ބަލޫޗްގެ ތަޖުރިބާކާރު ލީޑަރު ނަވާބް އަކްބަރު ޚާން ބުގްތީ އާއި އޭނާގެ ސަޕޯޓަރުންނަށް ބޮން ގޮއްވާލައިގެންނެވެ. ބަލޫޗް މީހުން އިހުތިޖާޖު ކުރަމުން ދިޔައީ ބަލޫޗްގެ ޒުވާން ޑޮކްޓަރަކު ޖޫނިއާ އަސްކަރިއްޔާގެ އޮފިސަރަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.

ކުޑަ ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް ބަލޫޗް ހަރުކަށި ފިކުރުގެ މީހުން އިސްއުފުލާ، ސްޓްރެޓެޖިކް ހަމަލާތައް ދީގެން އަސްކަރިއްޔާއަށް ގޮންޖެހުންތައް ކުރިމަތިކުރިއެވެ. ޖެނެރަލް އާސިމް މުނީރު އާމީ ޗީފްގެ މަގާމާ ހަވާލުވެވަޑައިގަތުމާ އެކު މި ހަމަލާތަކުގެ ބާރު ވަނީ އިތުރުވެފަ އެވެ. މުނީރު އަސްކަރިއްޔާގެ ވެރިޔާގެ މަގާމަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ފަހުން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަސްކަރިއްޔާއާ ދެކޮޅަށް ބްރޯޑްސައިޑް ހަމަލާއެއް ދޭން ފެށި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އާ ވެސް ބަލޮޗްގެ ބައެއް ޖަމާއަތްތަކުން ވަނީ ގުޅިފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!