ދުނިޔެ

އިންޑިއާގައި ބޮޑު ރެއިލްވޭ ޕްރޮޖެކްޓެއްގެ ބިންގާ އަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިޔާގެ ރޭލްވޭގެ އިންފްރާސްޓްރަކްޗަރ އަށް އިތުރު ކުރިއެރުމެއް ދިނުމުގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް 41،000 ކްރޯޑް ރުޕީސްގެ 2000 ޕްރޮޖެކްޓް އިފްތިތާހުކޮށް ބިންގާ އަޅުއްވައިދެއްވާފައެވެ.

Ads by Sosun Fihaara

އޭގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 553 ރޭލްވޭ ސްޓޭޝަނާއި 1500 ރޯޑް އޯވާ ބްރިޖާއި އަންޑަޕާސް ތައް ރީޑިވެލޮޕްކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ.

27 ސްޓޭޓަކާއި ޔޫނިއަން ޓެރިޓަރީއެއްގައި ފެތުރިފައިވާ 553 ސްޓޭޝަނެއް އަލުން ތަރައްގީ ކުރުމަށް 19،000 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު ޚަރަދެއް ކޮށްގެން އަލުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ ސިޓީގެ ދެ ފަރާތް އެއްކޮށް "ސިޓީ ސެންޓަރު" ގެ ގޮތުގައި މަސައްކަތް ކުރާނެ ސްޓޭޝަނެއް ކަމަށެވެ.

ރޯޑް އޯވާ ބްރިޖާއި އަންޑަޕާސްތައް 24 ސްޓޭޓަކާއި ޔޫނިއަން ޓެރިޓަރީއެއްގައި ފެތުރިފައި ވެ އެވެ.

މި ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 21،520 ކްރޯޑް ރުޕީސް ކަމަށާއި އޭގެ ސަބަބުން ތޮއްޖެހުން ކުޑަވެ، ސަލާމަތާއި ކަނެކްޓިވިޓީ އިތުރުވެ، ރޭލު ދަތުރުގެ ކެޕޭސިޓީ އާއި އެފިޝަންސީ އިތުރުވެގެންދާނެ" ކަމަށެވެ.

އިމްރާން ވިދާޅުވީ ދުނިޔޭގެ ރޭންކިންގެ 11 ވަނައިން އިގްތިސާދު ފަސް ވަނައަށް އަރާފައިވާއިރު، މީގެ 10 އަހަރު ކުރިން 45،000 ކްރޯޑް ގައި އޮތް ރޭލްވޭ ބަޖެޓް މިއަދު 2.5 ލައްކަ ކްރޯޑަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

"ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު އިގްތިސާދީ ސުޕަޕަވާއަށް ވެގެން ދާއިރު އަޅުގަނޑުމެންގެ ބާރު ކިހާ ވަރަކަށް އިތުރުވެގެންދާނެތޯ ވިސްނާލާށެވެ،"، މޯދީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ބޮޑުވަޒީރު ވަނީ އުއްތަރަ ޕްރަދޭޝްގެ ގޯމްތީ ނަގަރް ރޭލްވޭ ސްޓޭޝަން އިފްތިތާހުކޮށްދެއްވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!