ޚަބަރު ސަރުކާރު

ޗައިނާ ސަރުކާރުން ރާއްޖެއަށް 12 އެމްބިއުލާންސް ހަދިޔާކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ 12 ގްރީން އެމްބިއުލާންސް ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.

Ads by MWSC

އެމްބިއުލާންސްތައް ހަވާލުކުރީ ހެލްތު މިނިސްޓްރީ ހިންގަމުން ގެންދާ ހ. ރޯޝަނީ ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.

މިނިސްޓްރީގެ ފަރާތުން އެ އުޅަނދުތަކާ ހަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދެވެ.

ހެލްތު މިނިސްޓްރީން ބުނީ ޗައިނާ އިން ހަދިޔާކުރި އެމްބިއުލާންސްތަކާއެކު، ކާރިސާ ވަގުތުތަކުގައާއި، އެމެޖެންސީ އަދި އެކްސިޑެންޓް ތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީ ކުއްލިފަރުވާ، ރަށްތަކުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުުރުން ބޮޑެތި ޕެރަމެޑިކް އެމްބިއުލާންސްތައް ދުއްވުމަށް ދަތިވާ ކުދި ރަށްތަކުގައި ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށްވެސް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!