ޚަބަރު

ހިޔާނާތުގެ ޝިކާރައަކަށްވި 900 މީހުން މިޔަންމާއިން ޗައިނާއަށް ބަދަލުކުރުމުގެ މަގު ތައިލެންޑުން ފަހިކޮށްދީފި

މުޙައްމަދު އަރީޙް ، ދެން އޮންލައިން

މިޔަންމާގެ ބޯޑަރު އަވަށެއްގެ ސްކޭމް ސެންޓަރުތަކުގައި ތާށިވެފައި ތިބި ޗައިނާގެ 900 އެއްހާ މީހުން އަނބުރާ ޗައިނާއަށް ބަދަލުކުރުމަށް މިދިޔަ ހަފުތާގެ ތެރޭގައި ހައިލޭންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޝްރެތާ ތަވިސިން އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިޔަންމާ ހިމެނޭ ގޮތަށް ދެކުނު އިރުމަތީ އޭޝިއާ އަކީ ޓެލެކޮމް އަދި އެހެނިހެން އޮންލައިން އޮޅުވާލުމުގެ ހަބަކަށް ވެފައިވާ އިރު، ކުށުގެ ގޭންގުތަކުން އެތައް ލައްކަ ބަޔަކު ޓްރެފިކްކޮށް، ސްކޭމް ސެންޓަރުތަކާއި އެހެނިހެން ގާނޫނާ ހިލާފު އޮޕަރޭޝަންތަކުގައި މަސައްކަތް ކުރަން މަޖުބޫރުވެފައިވާ ކަމަށް އދ އިން ބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި މި އޮޕަރޭޝަންގައި މިޔަންމާގެ ބޮންޑާ އަވަށެއް ކަމަށްވާ މަޔަވަޑީއިން ޗައިނާ މީހުން ތައިލެންޑްގެ ބޯޑަރު ޑިސްޓްރިކްޓް ކަމަށްވާ މޭ ސޯޓްގެ އެއާޕޯޓަކަށް ގެންގޮސް ޗައިނާގެ މަތިންދާބޯޓުތަކަށް ބަދަލުކުރި ކަމަށް ތައިލެންޑުގެ ފުލުހުން ބުނެ އެވެ.

"މިއީ ތިން ގައުމު ކަމަށްވާ ޗައިނާ، މިޔަންމާ އަދި ތައިލެންޑް ގުޅިގެން ހިންގި ވޮލަންޓަރީ އޮޕަރޭޝަނެއް،" ބޮޑުވަޒީރު ސްޓްރެއްތާ ވިދާޅުވި އެވެ.

"މި ޕްރޮސެސް ކުރީ އަމިއްލަ އިހުތިޔާރުގައި، އިންސާނީ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، މަޖުބޫރެއް ނުކުރަން،" ތައިލެންޑުން މައި ސޯޓްގެ ފްލައިޓްތަކަށް ބަދަލުވުމަށް މަގުފަހިކޮށްދީފައިވާ ކަމަށް ވެސް ސްޓްރެއްޓާ ވިދާޅުވި އެވެ.

ތައިލެންޑުގެ ޑެޕިއުޓީ ޕޮލިސް ޗީފް ސުރަޗޭ ހަކްޕާން ވިދާޅުވީ ޗައިނާގެ ހިޔާނާތުގެ ޝިކާރައަކަށްވި މީހުން އަނބުރާ ޗައިނާއަށް ގެންދިއުމަށް ހިންގި މި އޮޕަރޭޝަންގައި ތިން ދުވަހުގެ ތެރޭގައި 15 ފްލައިޓް ހިމެނޭ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ރޮއިޓާސްގެ ބަހެއް ހޯދުމަށް ޗައިނާގެ ޚާރިޖީ ވުޒާރާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. މިޔަންމާގެ އަސްކަރިއްޔާގެ ތަރުޖަމާނު ވެސް ބަހެއް ހޯދުމަށް ގުޅުމުން ޖަވާބެއް ނުދެއްވަ އެވެ.

މިދިޔަ ނޮވެމްބަރު މަހު މިޔަންމާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިޔަންމާގެ އޮންލައިން ހިޔާނާތްތަކާ ދެކޮޅަށް ގުޅިގެން ހިންގި އޮޕަރޭޝަންގައި ޓެލެކޮމް ހިޔާނާތުގެ ތުހުމަތުކުރެވޭ 31،000 މީހުން ޗައިނާއާ ހަވާލުކޮށްފަ އެވެ.
މިޔަންމާގެ އުތުރުގެ ޝާން ސްޓޭޓްގެ ލައުކައިންގްގައި މިޔަންމާގެ އަސްކަރިއްޔާއާއި ހަތިޔާރު އެޅި ނަސްލީ މައިނޯރިޓީ ޖަމާއަތްތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ތާށިވެފައި ތިބި ތައިލެންޑުގެ ދެސަތޭކައަށްވުރެ ގިނަ މީހުން ތައިލެންޑަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގައި ވެސް ޗައިނާ އާއި މިޔަންމާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!