ޚަބަރު

އެމްޕީއެލްގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން 3 މުވައްޒަފަކަށް އުމްރާ ދަތުރު ދީފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން 3 މުވައްޒަފަކަށް އުމްރާ ދަތުރު ދީފިއެވެ.

Ads by STELCO

މިކަން ހާމަކޮށް އެމްޕީއެލުން މިއަދު ބުނީ އެމްޕީއެލްގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން މި އަހަރު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް ޢުމްރާ ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އަހަރު އެ ކުންފުނީގެ ހަރަދުގައި ޢުމްރާ އަށް ދިއުމުގެ ފުރުސަތު ލިބުނު ތިން މުވައްޒަފުންނާ ވަނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

މި އަހަރު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ ފަޞީލް މުޙައްމަދާއި ޙާމިދު މުޙައްމަދާއި ޢަމީޒާ ޢަލީއެވެ.

އުމްރާއަށް ދިއުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް އެ ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ.

އެމްޕީއެލްގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް 3 މުވައްޒަފުން ޢުމްރާގެ އަޅުކަން އަދާކުރުމަށް އަދި ފަސް މުވައްޒަފުން ޙައްޖުގެ އަޅުކަން އަދާކުރުމަށް އެ ކުންފުނީގެ ޚަރަދުގައި ފޮނުވައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!