ދުނިޔެ

ޗައިނާއިން ޝިންޖިއާން އާއި ޓިބެޓްގައި އިންސާނީ ކަރާމާތާ ހިލާފު އަމަލުތައް ދަނީ ހިންގަމުންް: ޔޫއެން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޮލްކަރ ތުރުކް ވަނީ ޝިންޖިއާން އާއި ޓިބެޓް ސަރަހައްދު ހިމެނޭ ގޮތަށް އަސާސީ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ގާނޫނުތައް އިސްލާހު ކުރުމަށް ޗައިނާއިން ހުށަހަޅާފައިވާ ރިކޮމެންޑޭޝަންތައް ތަންފީޒު ކުރުމަށް ގޮވާލައްވައިފަ އެވެ.

Ads by Sosun Fihaara

ޝިންޖިއާންގެ ހުޅަނގު ސަރަޙައްދުގައި ގާތްގަނޑަކަށް 10 މިލިއަނަށްވުރެ ގިނަ މުސްލިމުންގެ އާބާދީއެއް އޮންނަ އުއިގޫރު ދަރިކޮޅުގެ އުއިގޫރު ދަރިކޮޅުގެ މީހުންނަށް ބެއިޖިންއިން ބޮޑެތި އަނިޔާތައް ކުރަމުންދާކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރެއެވެ. އެއްވެސް އަނިޔާއެއް ބެއިޖިންއިން ހަރުކަށި އިބާރާތުން ދޮގުކުރެއެވެ.

ޖެނީވާގައި ހުންނަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ތުރުކީ ވިދާޅުވީ ޝިންޖިއާން އާއި ޓިބެޓް ސަރަހައްދު ހިމެނޭ ގޮތަށް އަސާސީ ހައްގުތަކަށް އުނިކަން އަންނަ ގާނޫނުތަކާއި ސިޔާސަތުތަކާއި އަމަލުތަކާ ގުޅޭ ގޮތުން އަޅުގަނޑުގެ އޮފީހާއި އެހެނިހެން އިންސާނީ ހައްގުތަކާ ބެހޭ އިދާރާތަކުން ހުށަހަޅާފައިވާ ރިކޮމެންޑޭޝަންތައް ތަންފީޒު ކުރުމަށް ވެސް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ޖެނީވާގައި ހުންނަ ޗައިނާގެ ޑިޕްލޮމެޓިކް މިޝަންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޗައިނާއިން 1950 ވަނަ އަހަރު ޓިބެޓްގެ ކޮންޓްރޯލް އަތުލީ އެގައުމުން ސިފަކުރާ ގޮތުގައި ޖާހިލީ ސަރފްޑަމްގެ ކިބައިން "ސުލްހަވެރި މިނިވަންކަމެއް" ގެ ގޮތުގައެވެ. ނަމަވެސް ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި، އެޤައުމުން ބޭރުގައި އުޅޭ މީހުން، ޓިބެޓްގެ ސަރަޙައްދުތަކުގައި ޗައިނާގެ އަނިޔާވެރި ވެރިކަން ކުށްވެރިކުރާކަން ޢާންމުކޮށް ދަނީ ކުށްވެރިކުރަމުންނެވެ.

ބެއިޖިންއާ އެކު އޭނާގެ އޮފީހުން "މަޝްވަރާ" ކުރަމުން އަންނަ ކަމަށް ބުނާ ތުރުކީ ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާއި ގާނޫނީ ވަކީލުންނާއި "ދެބަސްވުންތައް އުފައްދައި، ހަމަނުޖެހުން އުފައްދައިގެން" ހައްޔަރުކޮށްފައިވާ އެހެން މީހުން ދޫކޮށްލުމަށް ވެސް ގޮވާލާފަ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޭރުގެ ހައިކޮމިޝަނަރު މިޝޭލް ބެޝެލެޓް 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ނެރުއްވި ރިޕޯޓެއްގައި ބުނެފައި ވަނީ ޗައިނާއިން އުއިގޫރުންނާއި އެހެނިހެން މުސްލިމުން ބަންދުކުރުމަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ކަމަށް ބެލެވޭ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!