ޚަބަރު

ރަސްދޫ ގޮނޑުދޮށުން ކުޑަ ކިނބުލެއް ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އއ. ރަސްދޫގެ ގޮނޑުދޮށުން ކުޑަ ކިނބުލެއް ފެނިއްޖެ އެވެ.

Ads by MWSC

ފުލުހުން ބުނީ މިރޭ 7:00 ހާއިރު ރަސްދޫގެ ގޮނޑުދޮށުން ގާތްގަނޑަކަށް ތިން ފޫޓުގެ ކިނބުލެއް އެ ރަށުގެ އާއްމުންގެ މީހަކަށް ފެނިގެން ހިފާފައިވާ ކަމަށެވެ.

އަދި އެ ކިނބޫ މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެއެވެ.

ރަސްދޫގެ ގޮނޑުދޮށުން ކިނބުލެއް ފެނިފައިވާއިރު، މިދިޔަ މަހުގެ ފަހުކޮޅު މަރުވެފައި އޮތް ކިނބުލެއް ހދ.ވައިކަރަދޫއިން ވެސް ވަނީ ފެނިފައެވެ. އަދި މި މަހުގެ ކުރީކޮޅު ޖުމެއިރާ ވިޓަވެލި ރިސޯޓުގެ ގޮނޑުދޮށުން ވެސް ކިނބުލެއް ފެނިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!