ޚަބަރު

ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގެ ކުރިމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މުހައްމަދު ލަޔާން ޝަރީފް، 19، މިއަދު މަރުވެއްޖެއެވެ.

Ads by STELCO

އެ އެކްސިޑެންޓް ހިނގީ މިދިޔަ ހޯމަ ދުވަހުގެ މެންދަމު 2:30 ހާއިރު ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި، ޑިޓެންޝަން ސެންޓަރުގެ ކުރިމަތީގައި އޮތް ވޭނެއްގައި ޖެހިގެނެވެ.

މި އެކްސިޑެންޓުގައި އޭނާ ދުއްވި ސައިކަލު ވަރަށް ބޮޑަށް ހަލާކުވެ، ސައިކަލުން ޖެހުނު ވޭނަށް ވެސް އެކިވަރުގެ ގެއްލުންވެފައިވެއެވެ.

އޭނާ މަރުވެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!