ޚަބަރު

ވީއައިއޭގެ ކާގޯ ޓާމިނަލް އިމާރާތުގައި ކާގޯ އޮފީސް ހިންގާނެ ފަރާތެއް ހޯދަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ކާގޯ ޓާރމިނަލް އިމާރާތުގައި ކާގޯ އޮފީސް ހިންގާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

Ads by Hajj Corporation

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރި އިއުލާނެއްގައި ބުނީ އަލަށް އިމާރާތްކޮށްފައިވާ ކާރގޯ ޓާރމިނަލް އިމާރާތުގައި "ކާގޯ އޮފީސް" ހިންގަން ޝައުޤުވެރިވާ ފަރާތްތައް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އެމްއޭސީއެލުން ބުނީ ކާގޯ އޮފީސް ހިންގުމަށް ދޫކުރާ ޖާގަ ކާމިޔާބުކުރާ ފަރާތްތައް އޮފީސް ހަދައި ހިންގަންވާނީ، އެ ކުންފުނިން އެކުލަވާލާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ކަމަށެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަކީ އެ އިއުލާނުގައި ބަޔާންކޮށްފައިވާ 4 ކެޓަގަރީގެ ތެރެއިން މަދުވެގެން އެއްކެޓަގަރީން ހުއްދަ އޮންނަ ފަރާތަކަށް ވާންވާނެ ކަމަށާއި އެ ކެޓަގަރީގެ ޝަރުތު ހަމަވާކަން ޔަޤީންކޮށްދިނުމަށް ހުށަހަޅަންޖެހޭ ލިޔުންތައްވެސް ހުށަހަޅަން ޖެހޭނެ ކަމަށް އެމްްއޭސީއެލުން ބުނެފައި ވެއެވެ.

ހަމަ އެހެންމެ މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން ޝަރުތު ހަމަވާކަން ޔަގީން ކޮށްދިނުމަށްޓަކައި އެ ފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ޕްރޮފައިލް، ތަޖުރިބާ ފަދަ ލިޔުންތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށް އެމްއޭސީއެލުން ބުނެފައި ވެއެވެ.

މީގެ އިތުރުން އެމްއޭސީއެލުން ބުނީ ކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު "ރިކުއެސްޓް ފޯ ކޯޓޭޝަން/ޕްރޮޕޯސަލް" މެދުވެރިކޮށް ފަހުން ހުޅުވާލެވޭނެ ކަމަށެވެ.

އެ މަސައްކަތަށް ޝައުޤުވެރިކަން ފާޅު ކުރާނީ 14 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 11:00 ގެ ކުރިން، ސިޓީ، ފެކްސް ނުވަތަ އީމެއިލް އިން ހުށަހެޅުމަށް ވަނީ އެދިފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!