ދުނިޔެ

ހިމަލަޔަން ބޯޑަރުގައި ތިބި އިންޑިއާ ސިފައިން އިތުރުވުމުން ނުތަނަވަސްކަމަށް ލުޔެއް ނުލިބޭނެ: ޗައިނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ހުކުރު ދުވަހު ވިދާޅުވީ އިންޑިއާއިން އެގައުމުގެ ބޯޑަރު ސަރަހައްދުގައި އިތުރު ސިފައިން އިތުރުކުރުމަކީ ނުތަނަވަސްކަމަށް ލުޔެއް ލިބޭނެ ކަމެއް ނޫން ކަމަށް ޗައިނާއިން ގަބޫލުކުރާ ކަމަށެވެ.

Ads by Sosun Fihaara

ޗައިނާއާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންބޮޑު ބޯޑަރު ހަރުދަނާ ކުރުމުގެ ގޮތުން އިންޑިއާއިން ވަނީ އެގައުމުގެ ހުޅަނގު ބޯޑަރުގައި ކުރިން ހަރަކާތްތެރިވި 10،000 ސިފައިންގެ ކޮންޓިންޖެންޓެއް މިނިވަންކޮށްފަ އެވެ.

އަސްކަރީ އަދި ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ގައުމުން މީގެ ކުރިން އެއްބަސްވެފައިވާއިރު ދާދި ފަހުން ވަނީ ޗައިނާ-އިންޑިއާ ބޯޑަރުގެ ހުޅަނގު ފަރާތުގެ ބޯޑަރުގެ މައްސަލަތައް ހައްލުކުރުމާ ގުޅޭ ގޮތުން ބިނާކުރަނިވި ބައްދަލުވުމެއް ބާއްވާފަ އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނި ގޮތުގައި އިންޑިއާއިން ވަނީ ހިމާލިޔާ ގެ ބޯޑަރު އޮންނަ އުއްތަރަކާންދާއި ހިމާޗަލް ޕްރަދޭޝްގެ 532 ކިލޯމީޓަރު (331 މޭލު) ދުރުގައި އޮންނަ ޗައިނާއާ އެކު އޮންނަ ބޯޑަރު ބަލަހައްޓަން ހުޅަނގު ބޯޑަރުން 10،000 ސިފައިން ހަރަކާތްތެރިވެފަ އެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވީ ބޯޑަރު ސަރަހައްދުތަކުގެ ސުލްހަ މަސަލަސްކަން ހިމާޔަތްކުރުމަށް އިންޑިއާއާއެކު މަސައްކަތް ކުރުމަށް ޗައިނާއިން މަސައްކަތް ކުރާނެ ކަމަށެވެ. "އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އިންޑިއާގެ އަމަލަކީ ސުލްހަ ހިމާޔަތް ކުރުމަށް އެކަށޭނަ ކަމެއް ނޫން ކަމަށާއި، ނުތަނަވަސްކަން ކުޑަކުރުމަށް އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!