ޚަބަރު

މާލެ ކުނި ގޮނޑަކަށް ވާއިރު، ޑިމޮކްރެޓްސްގެ ފާޑުކިޔުން މޭޔަރަށް

އަލީ ސަމާޙް ، ދެން އޮންލައިން
މާލޭ މަގެއްގެ މައްޗަށް ކުނި އަޅާފައި

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭބީސީތަކުން އުފެދޭ ކުނި މަގުމައްޗަށް އުކާލުމުން ވެރިރަށް މާލެ ކުނިގޮނޑަކަށް ބަދަލުވެއްޖެ ކަމަށާއި، އަތްއުރާލައިގެން ނުތިބެ، މާލެ ސިޓީ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގަން ދަ ޑިމޮކްރެޓްސް އިން ގޮވާލައިފިއެވެ.

Ads by Hajj Corporation

އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގޯތިގެދޮރު ފޮޅާ ސާފުކޮށް، ރޯދައަށްވާ ތައްޔާރީގައި ގޭބީސީތަކުން އުފެދޭ ކުނި އުކާ، މަގުތަކާއި އާންމު ހުސްޖާގަތައް ސާފުކުރަން އެހެން އަހަރުތަކުގައި ހިންގި ބާވަތުގެ އެއްވެސް ހަރަކާތެއް ސިޓީ ކައުންސިލުންވެސް ހިންގާފައި ނެތް ކަމަށެވެ.

މާލެއަކީ މަގުތަކާއި ޕާކުތަކާއި އާންމު ހުސްޖާގަތަކަށް ނުކުމެ ނޫޅެވޭވަރު ތަނަކަށް މުޅިން ބަދަލުވަމުން އަންނައިރު، ތަނަވަސްކަމާއި ފެހިކަމާއި ތާހިރުކަމުގެ ޝިއާރުގައި މާލޭގެ މޭޔަރު ކަމަށް ނިކުންނަވާ އިންތިހާބުވެ ވަޑައިގެންނެވި މޭޔަރު މާލެ ތާހިރުކުރަން ޕްލޭންކުރައްވާ ގޮތެއް، އަޅުއްވަން ގަސްތުކުރައްވާ ފިޔަވަޅެއް، ހިންގަވާ މަސައްކަތެއްގެ ހިލަމެއްވެސް ނެތެވެ

އެހެންވެ ޑިމޮކްރެޓްސް އިން މާލޭގެ މޭޔަރު އާދަމް އާޒިމަށާއި، ސިޓީ ކައުންސިލްގެ މައްޗަށް ކަންބޮޑުވުމާއިއެކު ގޮވާލީ މާލެ ކުނިގޮނޑަކަށް ބަދަލުވަމުންދާއިރު، އަތްއުރާލައިގެން ނުތިބެ، އާންމު ސިއްހަތާއި ސަލާމަތަށް އެކަށޭނަ ގޮތެއްގައި މިސިޓީ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށެވެ.

އަދި ދެމެހެއްޓެނިވި އިންތިޒާމެއްގެ ދަށުން މާލޭގެ ސާފުތާހިރުކަން ކަށަވަރު ކުރުމަށެވެ. މާލޭ މޭޔަރުގެ ބައި އިލެކްޝަނަށް އެ ޕާޓީން އާންމުކުރި މެނިފެސްޓޯގައިވާ ހަމައިން މާލެއަކީ ލިވަބަލް (ދިރިއުޅޭން ތައްކަތު) ސިޓީއަކަށް ބަދަލުކުރަން އަވަސް ފިޔަވަޅު އެޅުމަށްވެސް ގޮވާލިއެވެ. 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!