Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ކޮވިޑް-19: ޔޫރަޕުގެ ގައުމުތަކަށް ނުވަދެވޭނެހެން ހުރިހާ ބޯޑަރެއް ބަންދު ކުރަނީ

ޔޫރަޕްގެ ގައުމުތަކަށް އެހެން ބައްރުތަކުގެ މީހުންނަށް ނުވަދެވޭނެހެން ހުރިހާ ބޯޑަރުތަކެެއް ބަންދުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މަޝްވަރާ ފަށައިފިއެވެ.

ޔޫރަޕިއަން ކޮމިޝަނުގެ ރައީސް، އުރްސަލާ ވޮންޑާ ލެޔެން ވިދާޅުވީ މި ފިޔަވަޅަކީ މި ވައިރަސް ފެތުރުން ހުއްޓުވުމަށް ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އޭނާ ވަނީ ޔޫރަޕުން ބޭރުގެ މީހުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި ޝެގެން ވިސާ ލިބޭ 26 ގައުމަށް ދަތުރުކުރުން 30 ދުވަހަށް މަނާ ކުރުމަށް ހުށަހަޅާފައެވެ. ނަމަވެސް މި މުއްދަތު އިތުރުވުން އެކަށީގެންވެއެެވެ.

ބޯޑަރުތައް ބަންދު ކުރުމާއި އެކު އެ ގައުމުތަކުގެ ރަށްވެހިންނާއި އާއިލާ މީހުންނާއި، ސިއްހީ ކަންކަމުގައި ޙަރަކާތްތެރިވާ މީހުން ފިޔަވައި އިތުރު އެއްވެސް ބަޔަކަށް އެ ގައުމުތަކަށް އެތެރެވުމުގެ ހުއްދަ އެއް ނުދޭނެއެވެ.

Advertisement
Allied Insurance — Square (box)

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް