ސިޔާސީ ހަމަނުޖެހުމުގެ ތެރެއިން ގިނަ ބަޔަކު ޕާކިސްތާނުން ފިލަނީ
ދާދި ފަހުން ޕާކިސްތާނުގެ އެއާލައިންގެ މުވައްޒަފަކު ކެނެޑާގައި ވަޒަންވެރިވުމަށް ގެއްލުނު މައްސަލައިން އެނގެނީ ޕާކިސްތާނުގެ އެތެރޭގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ބްރެއިން ޑްރޭން އިތުރުވަމުންދާ ކަމެވެ. ޤާބިލުކަން ނެތް މަސައްކަތްތެރިންވެސް ދިރިއުޅުމަށްޓަކައި ބޭރު ޤައުމުތަކަށް ވަންނަން މަސައްކަތް ކުރެއެވެ. އެހެން ތަނެއްގައި ރަނގަޅު ދިރިއުޅުމަކަށް ޕާކިސްތާނުގެ ރައްޔިތުން ގައުމު ދޫކޮށް ދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
2023 ވަނަ އަހަރު ގާތްގަނޑަކަށް 860،000 އެއްހާ މީހުން ޕާކިސްތާނުން ފުރައިގެން ދިޔައިރު، މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން 60،000 އިތުރު އަދި 2015 ވަނަ އަހަރަށް ފަހު އެންމެ ގިނަ އަދަދެވެ.
ސިޔާސީ ހަމަނުޖެހުމާއި މެނޭޖް ނުކުރެވޭ ވަރުގެ އިންފްލޭޝަން އާއި ދީނީ ހަރުކަށި ފިކުރު އިތުރުވުމަކީ ޕާކިސްތާނު މީހުން ބޭރުވާ މައިގަނޑު ސަބަބުތަކެވެ. ކާބޯތަކެތީގެ އިންފްލޭޝަން 48.65 އިންސައްތައަށް އަރާފައިވާއިރު، 2023 ވަނަ އަހަރުގެ މެއި މަހު އިންފްލޭޝަން ވަނީ 37 އިންސައްތައަށްވުރެ މައްޗަށް ގޮސްފައެވެ. ވަޒީފާ ގެއްލުމާއި ކުޑަ އުޖޫރައިގެ ސަބަބުން މައްސަލަ އިތުރަށް އިތުރުވެގެން ދިޔައެވެ. ޑިޖިޓަލް މާކެޓިން ޕްރޮފެޝަނަލެއް ކަމަށްވާ ސަނާ ހާޝިމް ބުނި ގޮތުގައި "އަހަރެން ކަހަލަ މުސާރަ ލިބޭ މީހަކަށް ހަގީގަތުގައި ވެސް ދަތިތަކެއް ކުރިމަތިވަނީ މިފަހަކަށް އައިސް އަގުތައް އުފުލިފައިވާތީ އެވެ. އަޅުގަނޑަށް ލިބޭ އާމްދަނީ އިތުރުނުވި ނަމަވެސް އިންފްލޭޝަން މިވަނީ އިތުރުވެފައި."
ޕާކިސްތާނުގައި ވަޒީފާ ނެތް މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި ޒުވާނުންނަށް ވަޒީފާ ނުލިބުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކުރާ ގޮތުގައި 2023 ވަނަ އަހަރު ވަޒީފާ ނެތް މީހުންގެ ނިސްބަތް އުޅެނީ 8.5 ގަ އެވެ. މެދުއިރުމައްޗާއި ހުޅަނގުގެ ސަރަހައްދުތަކަށް ޕާކިސްތާނުގެ ޒުވާނުން ހިޖުރަކުރުމަށް މި ފެކްޓަރަކީ ވަރަށް މުހިންމު ފެކްޓަރެކެވެ. ޕާކިސްތާނުގެ ކުރީގެ ފޮރިން ސެކްރެޓަރީ އައިޒާޒް އަހްމަދު ޗައުދަރީ ވިދާޅުވި ގޮތުގައި ޕާކިސްތާނުގައި ގާތްގަނޑަކަށް 200 އެއްހާ ޔުނިވާސިޓީ އެބަހުއްޓެވެ. "ތައުލީމަށް ވަރަށް ބޮޑު ހޭދައެއް ކޮށްފައި ވުމާއި، ރަނގަޅު މުސާރަލިބޭ ވަޒީފާއެއް ނުލިބުމަކީ ޒުވާނަކަށް ވަރަށް ބޮޑަށް މާޔޫސްވާ ވަރުގެ ތަޖުރިބާއެއް. ވަޒީފާ ހޯދާ ނަސީބުވެރިންވެސް މާޔޫސްވަނީ މުސާރަ ކުޑަކަމުން."