ދުނިޔެ

އާޓިފިޝަލް އިންޓެލިޖެންސަށް އިންޑިއާއިން އެއް ބިލިޔަން ޑޮލަރު އިންވެސްޓް ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މިޝަންގެ ދަށުން ފަސް އަހަރަށް 10،372 ކްރޯޑް ރުޕީސް (1.2 ބިލިއަން ޑޮލަރު) ހަރަދުކޮށް، އޭއައި ޑިވެލޮޕްމަންޓާއި ސުޕަކޮމްޕިއުޓިން ކެޕޭސިޓީ އަށް ހިތްވަރު ދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން ހުއްދަ ދީފި އެވެ.

Ads by Sosun Fihaara

ސީޕީޔޫ ބޭސްޑް ސާވާތަކާ އަޅާބަލާއިރު އިތުރު ސްޕީޑެއްގައި ޑޭޓާ ޕްރޮސެސް ކުރެވޭތީ ޖީޕީޔޫ ބޭސްޑް ސާވާތަކަށް އޮތް ޑިމާންޑް ބޮޑުވެފައިވާތީ، 10،000 ގްރެފިކް ޕްރޮސެސިން ޔުނިޓް (ޖީ.ޕީ.ޔޫ)އަށް ވަނުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އެ ކުންފުނީގެ އުއްމީދީ އޭއައި މިޝަންގެ ފެށުމެވެ. އާޓިފިޝަލް އިންޓެލިޖެންސް ބޭސްޑް އެޕްލިކޭޝަންތަކާއި މޮޑެލްތައް އުފެއްދުމަށް ޖީ.ޕީ.ޔޫ އަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.

އިންޑިއާގެ މެގަ އޭއައި މިޝަން ހިންގާނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް މޮޑެލްއެއްގެ ދަށުން ކަމަށާއި ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާއެއްގެ ގޮތުގައި ޖީޕީޔޫތައް ފުޅާކޮށް އޭއައި-އެޒް-އަ-ސާވިސް ލިބޭނެ ކަމަށާއި އަދި އޭއައި ސްޓާޓްއަޕްތަކަށް ޓާގެޓެޑް ފަންޑިންގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ. އިންޑިއާއޭއައި މިޝަންގެ ދަށުން އެޕްރޫވްކޮށްފައިވާ ގްރެފިކްސް ޕްރޮސެސިން ޔުނިޓްތައް ކުރިއަށް އޮތް 18-24 މަސް ދުވަހުގެ ތެރޭގައި ލިބޭނެ އެވެ.

އާޓިފިޝަލް އިންޓެލިޖެންސާއި ޖެނެރޭޓިވް އޭއައިއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް އިތުރުވަމުންދާއިރު، ސަރުކާރުގެ އަމާޒަކީ ޖެނެރޭޓިވް ސްޓާޓްއަޕްތަކުގައި ހުރި އިންވެސްޓްމަންޓްގެ ބޮޑު ފަރަގެއް ފުއްދުމެވެ.

މިސާލަކަށް، 2013 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ދެމެދު އިންޑިއާގައި އިންވެސްޓްކޮށްފައި ހުރީ އެންމެ 8 ބިލިއަން ޑޮލަރަށް ކަމަށް ވާއިރު، އެމެރިކާގައި އޭއައި ސްޓާޓްއަޕްތަކުގައި ޕްރައިވެޓް އިންވެސްޓްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 250 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ހަގީގަތުގައި މި އިންފްރާސްޓްރަކްޗާގެ ދަތިކަމާއި ބޮޑު ޚަރަދުތަކަށް ބަލާއިރު ސްޓާޓްއަޕްތަކުން އަންނަނީ އެ މީހުންނަށް ވަދެވޭނެ ޖީޕީޔޫ ކްލަސްޓާއެއް އުފެއްދުމަށް ގޮވާލަމުންނެވެ. ޖީޕީޔޫ ކްލަސްޓާއަކަށް ވަނުމުގެ ސަބަބުން އޭއައި ސްޓާޓްއަޕްތަކަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް ފަސޭހަވެގެން ދެއެވެ.

10،000 ޖީޕީޔޫގައި އިންވެސްޓްކޮށް، ރިސާޗަރުންނާއި އިނޮވޭޓަރުންނަށް އެ ތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އިންޑިއާއަކީ ދުނިޔޭގެ އޭއައި އެޕްލިކޭޝަން ކެޕިޓަލަކަށް ހެދުމަށް އެޅުނު ފިޔަވަޅެކެވެ. އޯޕަންއޭއައި އާއި މެޓާއޭއައި ފަދަ މޮޑެލްތަކަށް ބަރޯސާވުން ދޫކޮށްލައި، ސްޓާޓްއަޕްތަކަށް މިހާރު ތަފާތު އެޕްލިކޭޝަންތަކަށް ފައުންޑޭޝަނަލް މޮޑެލްތައް ސްކްރެޗް އިން އުފެއްދޭނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!