ޚަބަރު

ރަނގަޅީ ތަރާވީހާއި ދަމު ނަމާދުކުރާ އަޑު ބޭރަށް ނުބެހެއްޓުން: ޝަހީމް

އައިޝަތު ނިއުޝާ ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް / ފޮޓޯ: ދެން

މިސްކިތްތަކާއި ކައިރީގައި ދިރިއުޅޭ އާންމުންނަށް އުނދަގޫ ނުވާނޭހެން ތަރާވީހު ނަމާދާއި ދަމު ނަމާދުކުރުން ރަނގަޅުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ކުރީގެ މެންބަރު އަދި މަންދު ކޮލެޖުގެ ވެރިޔާ އިބްރާހީމް އިސްމާއީލް (އިބުރާ)، މިސްކިތެއްގައި އުނދަގޫވާ ވަރަށް އަޑު ހަރުކޮށް ނަމާދުކުރާތީ ކަންބޮޑުވުން ފާޅުކޮށް އެކްސްގައި ކުރި ޕޯސްޓަކާއި ގުޅިގެން، ޝަހީމް ވިދާޅުވީ، ގޭބިސީތަކާއި ކައިރީގައި ހުންނަ މިސްކިތްތަކުގައި އަޑު ހަރުކޮށް ކިޔަވާ ނަމާދުތައް ކުރާއިރު، މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތަށް ކުރުމަކީ ރަނގަޅު ގޮތް ކަމަށެވެ.

"ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން ގެންދިއުން ރަނގަޅީ." މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބަންގި އަދި ގަމަތް އަޑު ބާރުކޮށް ހުރުން ރަނގަޅު ކަމަށެވެ.

"މިގޭދޮށު ގޭގޭގެ މީހުނަށް އިޝާނަމާދު ކޮށްލެވޭނީ މިސްކިތުން ތަރާވީހް ނަމާދުކޮށް ނިމުނީމައެވެ. މިއީ ކޮންމެ ރޯދަމަހެއްގެވެސް ހާލެވެ. ރީތިކޮށް ކިޔަވާނަމަވެސް ރަނގަޅެވެ." އިބުރާ ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.

އިބުރާގެ ޝަކުވާތަކާއި ގުޅިގެން ޝަހީމް އިތުރަށް ވިދާޅުވީ، ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި، ހެޔޮ ނަތީޖާ ފެންނާނެ ކަމަށެވެ.

މިސްކިތުގައި ތަރާވީހާއި، ދަމު ނަމާދުތައް ކުރާ އަޑު އާންމުންނަށް އުނދަގޫވާ ވަރަށް ހުރުމަކީ މީގެ ކުރިން ވެސް ރޯދަމަހު ފެންމަތިވާ ޝަކުވާ އެކެވެ. އެ ނަމާދުތައް ކުރާ އަޑު މިސްކިތްތަކުން ބޭރަށް ނުބެހެއްޓުމަށް މީގެ ކުރިން ވެސް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

Ads by Allied Insurance
  1. އުނދަގޫ ވާބޭބޭފުޅުން ކާފަރު ގައުމަކައް ހިޖުރަކުރުން ބުއްދިވެރި

  2. ލަކުޑި ކަޅޭ

    އެހެންނޫނަސް އިބުރާމެންނައްވަރައްއުނދަގޫވާނެއެމީހުންނަކީއެހެންވައްތަރަކައްއުޅޭބައެއް