ޚަބަރު

ސަރުކާރުން ބަހާ ކާޑުތަކާއި ޗަމްޕާގެ ހަދިޔާ ދޫކުރުން ރޭގަނޑު

އަލީ ސަމާޙް ، ދެން އޮންލައިން
ސަރުކާރުން ހިލޭ ބަހާ ކާޑު ދޫކުރުން ކުރިއަށްދަނީ/ ފޮޓޯ: ސިޓީ ކައުންސިލް

ރޯދަ މަހު ގޭބިސީތަކަށް ސަރުކާރުން ހިލޭ ދޫކުރާ ކާޑުގެ ބާވަތްތައް ދެން ދޫކުރާނީ ހަމައެކަނި ރޭގަނޑު ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

Ads by STELCO

ކައުންސިލުން އެހެން ނިންމީ ރޯދަ މަހުގެ ދުވާލު ގަޑީގައި އެތަކެތި ބަލާދާން އާއްމުންނަށް އުދަނގޫވާތީއެވެ.

ކާޑުގެ ބާވަތްތައް ދޫކުރުން ދެން ކުރިއަށް ދާނީ ރޭގަނޑު ނުވަޔަކުން 12 އަށް ޝޯޝަލް ސެންޓަރުންނާއި، ގަލޮޅު ދަނޑުންނާއި ކައުންސިލުގެ އާއްމު ހިދުމަތްތަކާއި ބެހޭ ބައިންނެވެ. ހުޅުމާލޭ ފޭސް އެކެއްގައިނަމަ ކާޑުގެ ބާވަތްތައް ދޫކުރަނީ އުމަރު ޒާހިރު ބިލްޑިންއިންނެވެ. ފޭސް ދޭއްގައި އެ ތަކެތި ދޫކުރާނީ ވިނަރެސް 10 އިންނެވެ.

ރާއްޖޭގައި ގިނަ ރިސޯޓުތައް ހިންގާ މަޝްހޫރު ކުންފުނި، ޗަމްޕާ ބްރަދާސް އިން ރަމަޟާންމަހަށް ހާއްސަކޮށް ހަދިޔާކުރާ ތަކެތިވެސް މިރޭ ބަހަން ހަމަޖެހިފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މި ފަހަރުގެ ރޯދަ މަހަށް ހާއްސަކޮށް ދިވެހިންނަށް 50،000 ކާއްޓާއި 50 ޓަނު ކަރާ އަދި 10 ޓަނު ފިޔާ އެ ކުންފުނިން ވަނީ ހަދިޔާކޮށްފައެވެ.

ކައުންސިލުން ބުނީ އެ ތަކެތި ދޫކުރުން ގެންދާނީ ހުޅުމާލޭގައި، އުމަރު ޒާހިރު ބިލްޑިންގައި ކަމަށެވެ. އަދި މާލޭގައިނަމަ ކައުންސިލުގެ އާއްމު ހިދުމަތްތަކާއި ބެހޭ ބައިން ކަމަށެވެ.

ޗަމްޕާގެ ރޯދަ ހަދިޔާ ބެހުން ކުރިއަށްދާނީ މިރޭ ކުރިއަށްދާނީ ރޭގަނޑު ނުވަޔަކުން 12 އަށެވެ.

  1. ވާނުވާ

    މިކަހަލަ ހަބަރެއް ލިޔާއިރު ކަންކުރަންވާނެ ގޮތެއްވެސް ލިޔެލި ނަމަ ، އަމާ ބުނީތީ ހައްބަރު ފަޅައް ދާ އުސޫލު