ދުނިޔެ

ޗައިނާއާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ޓިމްކުކް ހޫނު ފެނަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެޕަލް (އޭއޭޕީއެލް. އޯ) 490 މިލިއަން ޑޮލަރު ދޭން އެއްބަސްވީ ޗައިނާގައި އައިފޯނަށް އޮތް ޑިމާންޑް ދަށަށް ދިޔަ ގޮތް ސިއްރުކޮށް ޗީފް އެގްޒެކެޓިވް ޓިމް ކުކް ހިއްސާދާރުންނަށް ހިޔާނާތްތެރިވި ކަމަށް ބުނާ ކްލާސް އެކްޝަން މައްސަލަ ހައްލު ކުރުމަށެވެ.

Ads by WAMCO

ކެލިފޯނިއާގެ އޯކްލޭންޑްގައި ހުންނަ އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަށް މިދިޔަ ހުކުރު ދުވަހު އިބްތިދާއީ ސެޓްލްމަންޓެއް ހުށަހަޅާފައިވާއިރު، އެމެރިކާގެ ޑިސްޓްރިކްޓް ގާޒީ ޔޮން ގޮންޒާލޭޒް ރޮޖާސްގެ ރުހުން ހޯދަން ޖެހެ އެވެ.

މިއީ އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ނުތަނަވަސްކަން އުފައްދައި، އައިފޯން އުފައްދާ ކުންފުންޏަށް ކުއާޓާލީ އާމްދަނީގެ އަންދާޒާ ނުވަ ބިލިއަން ޑޮލަރަށް ކުޑަކުރާނެ ކަމަށް ޖެނުއަރީ 2، 2019 ގައި އެޕަލް އިން ކުރި އިއުލާނާ ގުޅިގެންނެވެ.

ނޮވެމްބަރު 1، 2018 ގައި އިންވެސްޓަރުންނާ ވާހަކަ ދައްކަވަމުން ކުކް ވިދާޅުވީ، ބްރެޒިލް، އިންޑިއާ، ރަޝިއާ އަދި ތުރުކީ ފަދަ މާކެޓުތަކުގައި އެޕަލް އަށް ސޭލްސް ޕްރެޝަރު ކުރިމަތިވި ނަމަވެސް، އެ ކެޓަގަރީގައި ޗައިނާ ނުބަހައްޓާނެ ކަމަށެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އެޕަލް އިން ސަޕްލަޔަރުންނަށް އަންގާފައި ވަނީ އުފެއްދުން ހުއްޓާލުމަށެވެ.

އާމްދަނީ ދަށްވާނެ ކަމަށް ލަފާކޮށްފައި ވަނީ 2007 ވަނަ އަހަރު އައިފޯން ތައާރަފްކުރި ފަހުން އެޕަލް އިން ނެރުނު ފުރަތަމަ ފަހަރަށެވެ. ޖެހިގެން އައި ދުވަހު އެޕަލްގެ ހިއްސާ 10 ޕަސެންޓް ދަށަށް ގޮސް، 74 ބިލިއަން ޑޮލަރުގެ މާކެޓް ވެލިއު ވަނީ ފޮހެލައިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!