ދުނިޔެ

އިންޑިއާއާއެކު ވިޔަފާރީގެ މަޝްވަރާތައް ދެން ކުރާނީ އިންތިޚާބަށްފަހު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިނގިރޭސިވިލާތާއި އިންޑިއާއާ ދެމެދު އެންމެ ފަހުން ބޭއްވި ވިޔަފާރީގެ މަޝްވަރާތައް އެއްބަސްވުމަކާ ނުލައި ނިންމާލާފައިވާއިރު، ކުރިއަށް އޮތް އިންޑިއާގެ އިންތިހާބާ ދިމާކޮށް އެއްބަސްވުމެއް ފައިނަލް ނުކުރެވޭނެ ކަމަށް އިނގިރޭސި ވިލާތުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ހެދުމާ ގުޅޭ ގޮތުން ދެ ގައުމުން ސްޓޮޕް ސްޓާޓް މަޝްވަރާތައް ބާއްވާތާ ދެ އަހަރު ވެފައިވާއިރު، އެ ދެ ގައުމުން ވެސް 2024 ވަނަ އަހަރު ގައުމީ އިންތިހާބު ބާއްވަން ވަނީ ނިންމައިފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ވަރަށް މަދުން ނޫނީ ނުފެންނަ ތިންވަނަ ދައުރަކަށް ކުރިމަތިލައްވާނީ އަންނަ މެއި މަހުގެ ތެރޭގައި ނަގާ ވޯޓެއްގައި ކަމަށާއި، ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

އެއްވެސް ފަރާތަކުން މަޝްވަރާތަކުން ދުރަށް ނުދާ ކަމަށް އިނގިރޭސި ވިލާތުގެ އޮފިޝަލަކު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ޖޮއިންޓް އެމްބިޝަންތައް ހާސިލްވާ ގޮތަށް އެއްބަސްވުމެއް ފައިނަލް ކުރަން ޖެހޭ ކަމެއް އަދި އަޅުގަނޑުމެންނަކަށް ނެތް.

މި ހަފުތާގެ ކުރީކޮޅު މޯދީ އާއި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ވަނީ އާ ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
"މުދަލާއި ހިދުމަތާއި އިންވެސްޓްމަންޓާ ގުޅޭ ގޮތުން އުންމީދީ ނަތީޖާއަކާ ހަމައަށް ނުދެވެންދެން އެއްބަސްވުމަކަށް އެއްބަސް ނުވާނެކަން އިނގިރޭސިވިލާތުން ވަރަށް ސާފުކޮށް ވަނީ ސާފުވެފައި،" އިނގިރޭސި ވިލާތުގެ އޮފިޝަލް ހުކުރު ދުވަހު ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!