ދުނިޔެ

ފައިސާ ހޯދަން ޕާކިސްތާނުން ހަތިޔާރު ވިއްކަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނަކީ ބަލިކަށި އިގްތިސާދަކާ ކުރިމަތިލާން ޖެހިފައިވާ ގައުމަކަށް ވާއިރު، އެ ގައުމުގެ ދިފާއީ އާލާތްތައް ހާއްސަކޮށް ވިންޓޭޖް އެއާކްރާފްޓްގެ އިންވެންޓްރީ ވިއްކައިގެން ފައިސާ ހޯދުމުގެ މަސައްކަތް ޕާކިސްތާނުން ވަނީ ފަށައިފަ އެވެ.

Ads by Sosun Fihaara

ޢާންމު ގޮތެއްގައި ފާހަގަކޮށްލަންޖެހެނީ ހަތިޔާރު ވިއްކުމަކީ ވަރަށް މަދުން ނޫނީ މުޅިން ވިޔަފާރީގެ ގޮތުން ކުރާ މަސައްކަތެއް ކަމެވެ. ހަތިޔާރު ބަދަލުކުރުމަކީ ސިޔާސީ ގޮތުން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށް ވެދާނެ، ބާރުގަދަ ދައުލަތްތަކުން ނިކަމެތި ދައުލަތްތަކުގެ މައްޗަށް ކުރާ ނުފޫޒުގެ ސަބަބުން ނުވަތަ ބައެއް ވިއްކާ ފަރާތްތަކަށް އެހެން މީހުންނާ އަޅާބަލާއިރު މާލީ ގޮތުންނާއި/ނުވަތަ އިގްތިސާދީ ގޮތުން ލިބޭ މަންފާގެ ސަބަބުން ކަމަށް ވެދާނެ އެވެ.

ޕާކިސްތާނުގެ އެއާފޯސް (ޕީއޭއެފް) އަށް ގެނައި ޒެޑްޑީކޭ-03 ކަރަކޯރަމް އީގަލް އޭއީޑަބްލިއުއޭސީއެސް (އެއާބޯން އާލީ ވޯނިން އެންޑް ކޮންޓްރޯލް ސިސްޓަމް) މި އަހަރުގެ ކުރީކޮޅު ޕާކިސްތާނުން ވަނީ އާލީ ވޯނިން ސިސްޓަމް ހިމެނޭ ޗައިނާގެ ފުރަތަމަ މަތިންދާ ބޯޓުގެ ގޮތުގައި އެ ބޯޓުން ވަކިވުމަށް ނިންމައިފަ އެވެ. ޝާންޝީ ވައި-8 އެއާކްރާފްޓް ޕްލެޓްފޯމްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ސިސްޓަމަކީ މުހިންމު ސަވައިލެންސް އަދި ސިޗުއޭޝަނަލް ހޭލުންތެރިކަމުގެ ގާބިލުކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެކެވެ. ހާއްސަކޮށް ޒެޑްޑީކޭ-03 ގެ ރިޓަޔާމަންޓަކީ ވަރަށް އާދަޔާ ހިލާފު ކަމެއް ކަމަށާއި، ދާދި ފަހުން ޗައިނާގެ ޗެންގްޑޫގައި މިޑް ލައިފް އަޕްގްރޭޑް ކުރުމާއި، ޒަމާނީ އަދި އޯވަހޯލް ޕްރޮގްރާމެއް ކުރިއަށް ގެންގޮސް، އެ ކުންފުނީގެ ޕާފޯމަންސާއި ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ކޮމްޕްލެކްސް ހައިބްރިޑް ބެޓްލްފީލްޑް މާހައުލުގައި، މި ނިޒާމުގެ ސަބަބުން ހަމަލާ ދިނުމުގެ ގާބިލްކަން ވަރަށް ބޮޑަށް އިތުރުވެގެން ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާކިސްތާން އެއާފޯސް (ޕީއޭއެފް) އިން އެކުންފުނީގެ ޒެޑްޑީކޭ-03 ކަރަކޯރަމް އީގަލް އޭއީޑަބްލިއުއޭސީއެސް (އެއާބޯން އާލީ ވޯނިން އެންޑް ކޮންޓްރޯލް ސިސްޓަމް) އާއި ސީއެން-235 ޓްރާންސްޕޯޓް އެއާކްރާފްޓާއި އެފް-7ޕީ (އެމްއައިޖީ21) އާއި އެއާ ގުޅުން ހުރި ސާމާނު/އިންވެންޓްރީތައް އެންގޯލާ، ބޮޓްސްވާނާ، މޮޒަމްބިކް އަދި ޓެންޒޭނިއާ އަށް ވިއްކުމަށް ވަނީ ނިންމައިފަ އެވެ. މިގޮތުން ދެކުނު އެފްރިކާގައި ހުންނަ ޕާކިސްތާނުގެ މިޝަންގައި ޕީއޭއެފުން ވަނީ އެފްރިކާގެ ގައުމުތަކަށް މި އެއާކްރާފްޓް ޕްލެޓްފޯމްތައް "ނޯ ލައިބިލިޓީ/ނޯ އޮބްލިބިލިޓީ" އުސޫލުން ދިނުމުގެ މަސައްކަތް ފެށުމަށް އެދިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!