ދުނިޔެ

އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ދުނިޔޭގެ އެންމެ ބޮޑު އިންތިހާބު އިންޑިއާގައި ބާއްވަން ނިންމައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އޭޕްރީލް މަހުގެ 19 ވަނަ ދުވަހުން ފެށިގެން ގާތްގަނޑަކަށް ހަތް ހަފުތާގެ ތެރޭގައި ބާއްވާ އިންޑިއާގެ އާންމު އިންތިހާބުގައި ގާތްގަނޑަކަށް ބިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންދާނެ އެވެ.

Ads by Sosun Fihaara

އިންޑިއާގެ ލޮކް ސަބާ ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ 543 ގޮނޑީގެ އިންތިހާބު ޖޫން މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ. އަދި 2،400 އަށް ވުރެ ގިނަ ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުން ނެރޭނެ ކަމަށް ބެލެވެ އެވެ.

އިންޑިއާގެ ގާތްގަނޑަކަށް 970 މިލިއަން މީހުން އެގައުމުގެ އެކި ކަންކޮޅުތަކުގައި އެއް މިލިއަނަށް ވުރެ ގިނަ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވެ އެވެ. އިންޑިޔާގެ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބޭއްވުމަށް އެހީތެރިވުމަށް ގާތްގަނޑަކަށް 15 މިލިއަން ސަރުކާރު މުވައްޒަފުން ގެނައުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ގިނައީ ޓީޗަރުންނާއި ޖޫނިއަރ މަސައްކަތްތެރިންނެވެ.
ހަތް ފިޔަވައްސަކަށް ބަހާލައިގެން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ވޯޓު ގުނުމަށާއި، ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ނަތީޖާ ލިބޭނެ ކަމަށް ބެލެވޭ އިރު، އިންތިހާބުގެ މުޅި މަރުހަލާ ޖޫން މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ނިމޭނެ އެވެ.

މޯދީގެ ހިންދޫ-ނޭޝަނަލިސްޓް ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް އާދައިގެ އަޣުލަބިއްޔަތަކަށް ބޭނުންވާ 272 ގޮނޑިއަށް ވުރެ ގިނަ ގޮނޑި ލިބޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މޯދީ ލަފާކުރައްވާ ގޮތުގައި ބީޖޭޕީއަށް 370 ގޮނޑި އަދި ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސަށް 400 އަށް ވުރެ ގިނަ ގޮނޑި ލިބޭނެ އެވެ.

އޭނާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، 1947 ވަނަ އަހަރު މިނިވަންވި ފަހުން ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާގައި ވެރިކަން ކުރަމުން އައި ކޮންގްރެސް ޕާޓީން ވަނީ ބީޖޭޕީއާ ގުޅިގެން ވާދަކުރުމަށް އިންޑިއާ (އިންޑިއަން ނޭޝަނަލް ޑިވެލޮޕްމަންޓް އިންކްލޫސިވް އެލަޔަންސް) ގެ ނަމުގައި 28 ޕާޓީގެ އިއްތިހާދެއް އުފައްދައިފަ އެވެ. އާންމު ކެންޑިޑޭޓުން ނެރުމަށް ގޮނޑި ދޫކޮށްލުމާ މެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!