މުނިފޫހިފިލުވުން

ރަޝްމީ ޑެސާއީ ކޮރޯނާ ވައިރަހަށް ސްކްރީން ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރަޝްމީ ޑެސާއީ އަކީ އިންޑިއަން ޓެލެވިޒަންގައި ވަރަށް ކާމިޔާބު އަދި ވަރަށް މަޝްހޫރު ޝަހުސިއްޔަތެކެވެ. ބިގްބޮސް 13ގައި ބައިވެރިވުމުން ރަޝްމީ ގެ ސަޕޯޓަރުންގެ އަދަދު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.

މިހާރު ކަލާރސް ޓީވީއިން ސިލްސިލާކޮށް ދައްކަމުން އަންނަ ނާގިން 4 ގައި މަސައްކަތް ކުރަމުން އަންނަ ރަޝްމީ ވަނީ އޭނާގެ މީސްމީޑިއާގެ އެކައުންޓްތައް ބޭނުންކޮށްގެން ކޮރޯނާ ވައިރަހަށް މީހުން ހޭލުންތެރިކުރުވުމަށް އެކި މެސެޖް ވެސް ޝެއަރ ކުރަމުންނެވެ.

ރަޝްމީ ވަނީ ނާގިން 4 ގެ ސެޓްގެ ތެރެއިން ކޮވިޑް 19 ގެ އެއްވެސް އަލާމާތެއް ހުރިތޯ ބެލުމަށް ސްކްރީން ކޮށްފައެވެ.

ރަޝްމީ ޑެސާއީ ނާގިން 4 ގައި ކުޅެނީ ކުރިން ޖެސްމިން ކުޅުނު ނަޔަންތްރާ ގެ ރޯލެވެ. ރަޝްމީ ބިގްބޮސް 13 ނިންމާލުމަށްފަހު ފެނިގެންދަނީ ވަރަަށް އެކްޓިވް ކޮށް އުޅެމުންދާ މަންޒަރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!