ޗައިނާގެ ކޯސްޓްގާޑުގެ ބޯޓުތަކަށް ޓައިވާނުން އަނެއްކާވެސް އިންޒާރު ދީފި
ޓައިވާނުގެ ނާޒުކު ކަނޑުއޮޅިގައި ނުތަނަވަސްކަން އުފެދިފައިވާދަނޑިވަޅެއްގައި، ޗައިނާގެ ކަނޑުގެ ސަރަހައްދަށް ޖެހިޖެހިގެން ދެވަނަ ދުވަހަށް ޗައިނާގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވާ ޗައިނާގެ ކޯސްޓްގާޑުގެ އުޅަނދުތަކަށް ޓައިވާނުން އިންޒާރު ދީފިއެވެ.
ޓައިވާނުގެ ކޯސްޓްގާޑުން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު ޗައިނާގެ ކޯސްޓްގާޑުގެ ހަތަރު ބޯޓެއް ޗައިނާގެ އައްސޭރިފަށުގައި ހިފަހައްޓާފައިވާ ޓައިވާނުގެ ކޮންޓްރޯލް އޮންނަ ކިންމެން އައިލެންޑްސްގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ. އަދި ޗައިނާގެ ބޯޓުތައް މަޑުކުރީ ޓައިވާނުގެ ކަމާބެހޭ ފަރާތްތަކުން އެ ބޯޓުތައް ފުރަން އެންގިތާ ގަޑިއެއްހާއިރު ފަހުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ޓައިވާނަކީ އެގައުމުގެ އަމިއްލަ ސަރަހައްދެއް ކަމަށް ޗައިނާއިން ބުނަނީ އެ ރަށުގެ ވަރުގަދަ އިއުތިރާޒުތަކާ ގުޅިގެންނެވެ. ފާއިތުވި އަހަރުތަކުގައި ޓައިވާނުގެ ކައިރީގައި އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށްފައިވާއިރު، ވައިގެ ދިފާއީ އައިޑެންޓިފިކޭޝަން ޒޯންތަކަށް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ވަދެއެވެ.
"ތިޔަބޭފުޅުން އަޅުގަނޑުމެންގެ ޤައުމުގެ މަނާ ކަނޑުގެ ސަރަޙައްދަށް ވަދެވަޑައިގެންފި. ވަގުތުން އެނބުރި ވަޑައިގަންނަވާށޭ،" ޓައިވާނުގެ ކޯސްޓްގާޑުން ހޮނިހިރު ދުވަހު އާންމުކުރި ފުޓޭޖްތަކާ ހަވާލާދީ ޓައިވާނުގެ އޮފިޝަލަކު ރޭޑިއޯ މެދުވެރިކޮށް ޗައިނާގެ ސަޕޯޓަރުންނަށް ބްރޯޑްކާސްޓް މެސެޖެއްގައި ވިދާޅުވި އެވެ.
އެ ފުޓޭޖުން ފެންނަ ގޮތުގައި ޓައިވާނުގެ ކޯސްޓްގާޑުގެ ބޯޓަކުން ޗައިނާގެ ދެ އުޅަނދެއް ކައިރިން ދަތުރުކުރާ ގޮތް ބަލަމުން ދިޔަ އެވެ.
"މިކަމުގެ ސަބަބުން ޓްރެފިކާއި ސަލާމަތަށް ވަރަށް ބޮޑަށް އަސަރުކޮށްފައި ވޭ. ކަނޑުގެ އަސްކަރީ ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި މިފަދަ އަމަލުތައް ހުއްޓާލުމަށް އިލްތިމާސް ކުރަން،" ޓައިވާންގެ ކޯސްޓްގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ޗައިނާގެ ކޯސްޓްގާޑުގެ ބަހެއް އަދި ލިބޭ ގޮތް ނުވި އެވެ.