ޚަބަރު

ބުޅާ ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި، ދެމަހެއް ތެރޭގައި ނިންމާލެވޭނެ

އައިޝަތު ނިއުޝާ ، ދެން އޮންލައިން
ބުޅާ ފެސިލިޓީ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރައްމިއްޔާތުގެ ތެރެއިން މޭޔަރު އާޒިމް އަދި އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިސާމް --ފޮޓޯ: މާލެ ސިޓީ ކައުންސިލުން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މާލޭ ސިޓީ ކައުންސިލުން ގާއިމްކުރާ ބުޅާ ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

Ads by MWSC

މިތަނުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ބުޅާ ފެސިލިޓީގެ މަސައްކަތް ކުރިއަށް އޮތް ދެމަހެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަނީ ކުރިއަށް އޮތް މަހެއް ދެމަހެއްހާ ދުވަސް ތެރޭގައި މި ފެސިލިޓީ އެއްކޮށް ބިނާކުރެވި، މާލެތެރޭގައި އުޅޭ ބުޅާތައް މިތަނަށް ގެނެވުން" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ބުޅާ ފެސިލިޓީގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން ވެސް ވަރަށް ބޮޑަށް ބާރު އަޅާކަމަށެވެ.

"އަޅުގަނޑު ސަރުކާރަށް ވެސް ހުރިހާ ރައްޔިތުންނަށް ވެސް ދޭން ބޭނުންވާ ޔަގީންކަމަކީ ތިބޭފުޅުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށްޓަކާ ކުރިއަށް އޮތް ދެމަހެއްހާ ދުވަސް ތެރޭ އެކަމަށް ހައްލެއް ގެންނަން ހުރިހާ މަސައްކަތެއް ކުރާނަން" މޭޔަރު ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި ބުޅާ ގިނަވުމުގެ ސަބަބުން އެކަމަށް ހައްލެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މަސައްކަތް ފެއްޓެވި އެވެ. އެންމެ ފުރަތަމަ ފާސްކުރީ 1.5 މިލިއަން ރުފިޔާގެ ބަޖެޓަކާ އެކު ވިލިމާލޭގައި އެކަން ކުރުމަށެވެ.

މިއަދު ފަށާފައި ވަނީ ބުޅާ ފެސިލިޓީގެ ފެންސު ޖެހުމުގެ މަސައްކަތެވެ. އެ މަސައްކަތް 20 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި ހަފްތާއެއްހާ ދުވަސް ތެރޭގައި އިމާރާތުގެ މަސައްކަތް ފެށޭނެކަމަށް ވެސް ވިދާޅުވި އެވެ.

ބުޅާ ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތް ކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީން މިނިސްޓްރީއަށް ދީފައިވާ 5000 އަކަފޫޓުގެ ބިމެއްގަ އެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!