ދުނިޔެ

ޕާކިސްތާނުން އަފްޣާނިސްތާނަށް ބޯޑަރު ހުރަސްކޮށް ހަމަލާތައް ދިނުމުން ނުތަނަވަސްކަން ބޮޑުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުން އަފްޣާނިސްތާނުގެ އެތެރޭގައި ރޭގަނޑު ވައިގެ ހަމަލާތަކެއް ދޭން ފަށާފައިވާއިރު، ތާލިބާނުން ވަނީ އޭގެ ގަޑިއިރުތަކެއް ފަހުން ބޯޑަރު ހުރަސްކޮށް ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފަ އެވެ.

Ads by Sosun Fihaara

އިސްލާމްއާބާދާއި ކާބުލްއާ ދެމެދު ނުތަނަވަސްކަން އުފެދުނީ ރޭގެ ވަގުތެއްގައި ދިން ހަމަލާތަކާ ގުޅިގެންނެވެ. ޕާކިސްތާނުން ބުނީ މި ހަމަލާ އަމާޒުކޮށްފައި ވަނީ ބޯޑަރު ސަރަހައްދުތަކުގައި ފޮރުވިފައި ތިބި ހަތިޔާރު އެޅި ޖަމާއަތްތަކަށް ކަމަށެވެ. ތާލިބާނުން ބުނީ އެ ހާދިސާގައި އަށް އަންހެނުންނާއި ކުޑަކުދިން މަރުވެފައިވާ ކަމަށެވެ.

އަފްޣާނިސްތާނުގެ ދިފާއީ ވުޒާރާއިން ވަނީ ޕާކިސްތާނުގެ މަރުކަޒުތަކަށް ބޯޑަރު ހުރަސްކޮށް ބަޑީގެ ހަމަލާތަކެއް ދީފައިވާކަމަށް ބުނެފައެވެ. ނަމަވެސް އެކަމާ ގުޅިގެން އިސްލާމްއާބާދުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއާއި ޚާރިޖީ ވުޒާރާގެ މަސްދަރުތަކުން އަލްޖަޒީރާއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި "ބަދަލުހިފުމުގެ" ހަމަލާތައް އަމާޒުކޮށްފައިވަނީ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ނުވަތަ ޕާކިސްތާން ތާލިބާނުންގެ ކޮމާންޑަރުން ތިބޭ ތަންތަނަށް އަމާޒުކޮށްފައިވަނީ "ބޯޑަރު ހުރަސްކޮށް ޓެރަރިސްޓް ހަރަކާތްތައް ސްޕޮންސާކޮށް ހިންގަމުން ގެންދާތީ" ކަމަށެވެ.

އަދި އެކަމުގެ ތަފްސީލު ތައް ވެސް އެ ބޭފުޅުން ދެއްވި އެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އަފްޣާނިސްތާނުގެ އަވަށްޓެރި ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ޕާކިސްތާނުގެ އުތުރު ވަޒީރިސްތާން ޑިސްޓްރިކްޓްގެ އަސްކަރީ ޗެކް ޕޯސްޓަކަށް ދިން ބޮމުގެ ހަމަލާތަކުގައި ސިފައިންގެ ހަތް މީހަކު ވަނީ މަރުވެފަ އެވެ.

އަފްޣާނިސްތާނުގެ އިންތިގާލީ ސަރުކާރުން ބުނީ ޕާކިސްތާނުގެ ޖެޓްތައް ހަމަލާ ދީފައި ވަނީ ޕަކްޓިކާ އާއި ޚުސްތު ޕްރޮވިންސްގެ "އާދައިގެ މީހުންގެ" ގެތަކަށް ކަމަށެވެ. އަދި އަށް މީހުން މަރުވެފައިވާ ކަމަށް އެ މީހުން ބުނެ އެވެ. ފަސް އަންހެނުންނާއި ތިން ކުޑަކުދިންނެވެ.

އެކްސްއާ ބެހޭ ގޮތުން ސަރުކާރުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕާކިސްތާނުން އަމާޒުކުރި ކަމަށް ބުނާ މީހާ އަދިވެސް ޕާކިސްތާނުގައި ދިރިއުޅެމުންދާ ކަމަށެވެ.

އަފްޣާނިސްތާނުގެ ސަރަހައްދާ ހިލާފު އަމަލެއްގެ ގޮތުގައި ކާބުލް އިން "ހަރުކަށި އިބާރާތުން ކުށްވެރި ކުރާ" ކަމަށް އޭނާ ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!