ދުނިޔެ

އަރޫނާޗަލް ޕްރަދޭޝްއަކީ އިންޑިޔާގެ ބައެއް: އެމެރިކާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އަރޫނާޗަލް ޕްރަދޭޝްއަކީ އިންޑިއާގެ ބައެއްގެ ގޮތުގައި އެމެރިކާ ސަރުކާރުން ބަލައިގަންނަ ކަމަށާއި ޗައިނާއާ ބޯޑަރު އޮންނަ އިންޑިއާގެ އިރުއުތުރު ސްޓޭޓްގައި ސަރަހައްދީ ދަޢުވާތައް ކުރިއަށް ގެންދިއުމަށް އެއްފަރާތަކުން ކުރާ މަސައްކަތާ ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމަށެވެ.

Ads by Sosun Fihaara

ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އަވަށްޓެރި ދެ ގައުމު ކަމަށްވާ ޗައިނާ އާއި އިންޑިއާ އަކީ 3،000 ކިލޯމީޓަރު (1،860 މޭލު) ގެ ފްރޮންޓިއާއެއް އޮންނަ ދެ ގައުމެވެ.

އަރޫނާޗަލް ޕްރަދޭޝްއަކީ ދެކުނު ޓިބެޓްގެ ބައެއް ކަމަށް ޗައިނާއިން ބުނެއެވެ. އަރޫނާޗަލް ޕްރަދޭޝްއަކީ އަބަދުވެސް އިންޑިޔާގެ ބައެއް ކަމަށް ބުނެ ނިއު ދިއްލީން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އިންޑިއާގެ ޚާރިޖީ ވުޒާރާއިން އަންގާރަ ދުވަހު ބުނެފައިވަނީ ޗައިނާއިން އަރޫނާޗަލް ޕްރަދޭޝްގެ މައްސަލާގައި ހަގީގަތާ ހިލާފު ވާހަކަތައް ދައްކަމުންދާ ކަމަށާއި، އެ ޤައުމަކީ އަބަދުވެސް އިންޑިޔާގެ މުހިންމު އަދި ވަކިނުކުރެވޭނެ ބައެއް ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ އަރޫނާޗަލް ޕްރަދޭޝްއަކީ އިންޑިއާގެ ސަރަހައްދެއްގެ ގޮތުގައި އެމެރިކާއިން ޤަބޫލުކުރާ ކަމަށާއި، ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް ހުރަސްކޮށް އަސްކަރީ ނުވަތަ މަދަނީ ފަރާތްތަކުން، އަސްކަރީ ގޮތުން ނުވަތަ މަދަނީ ގޮތުން އަރައިގަނެ، ސަރަހައްދީ ދަޢުވާތައް ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތްތަކާމެދު ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!