ދުނިޔެ

ރަޝިއާއަށް ވަޑައިގަތުމުގެ ދައުވަތު އިންޑިއާގެ މޯދީއަށް ހުޅުވާލާފައިވާ ކަމަށް ކްރެމްލިން ވިދާޅުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކްރެމްލިން އިން ބުރާސްފަތި ދުވަހު ބުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރަޝިއާއަށް ވަޑައިގަތުމަށް ހުޅުވާލެވިފައިވާ ދައުވަތެއް ލިބިފައިވާ ކަމަށާއި އެކަމުގެ ތަފްސީލް އަދި ހޯދިފައި ނުވި ނަމަވެސް ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލުކުރައްވާނެ ކަމަށެވެ.

Ads by Sosun Fihaara

ކްރެމްލިންގެ ތަރުޖަމާނު ދިމިޓްރީ ޕެސްކޯވް މިހެން ވިދާޅުވީ ރަޝިއާއަށް ވަޑައިގަތުމަށް ޕޫޓިން މޯދީއަށް ދައުވަތު ދެއްވި ކަމަށް ބުނާ ރިޕޯޓަކާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް އަދި ވެސް މިކަމަށް އެއްބަސްވެފައެއް ނުވޭ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕެސްކޯވް ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބައްދަލުވުންތައް ބޭއްވޭނެ ކަމަށް އުންމީދު ކުރަން، މަލްޓިލޭޓަރަލް ފޯމެޓެއްގައި، އަދި މާޖިންގައި ބައިލެޓަރަލް މަޝްވަރާތައް ވެސް އޮންނާނެ ކަމަށް.

"ޔަގީނުން ވެސް އިންޑިއާގެ ބޮޑުވަޒީރަށް އަޅުގަނޑުމެންގެ ގައުމަށް ވަޑައިގަތުމަށް ހުޅުވާލެވިފައިވާ ދައުވަތެއް އެބައޮތް."

ރަޝިއާ އާއި އިންޑިއާއާ ދެމެދު އޮންނަނީ ގާތް ގުޅުމެކެވެ. މޮސްކޯއިން އިންޑިއާއަށް ތެޔޮ އެކްސްޕޯޓްކުރުން އިތުރުކުރީ ޔޫކްރެއިންގެ މައްޗަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކަނޑާލަން ފެށުމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!