ޚަބަރު

ބުނި މެދުއިރުމަތިން އެހީވާނެޔޭ، ލިބުނީ ކަދުރު އެކަނި: ސޯލިހު

ފާރިހާ ޢަދުނާން ، ދެން އޮންލައިން
މިރޭ ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: އެމްޑީޕީ

މެދުއިރުމަތީގެ، އިސްލާމި ގައުމުތަކުން އެހީ ލިބޭނެ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް ސައުދި އަރަބިޔާއިން ހަދިޔާކުރި 50 ޓަނުގެ ކަދުރު ފިޔަވާ އެހެން އެއްވެސް އެހީއެއް ނުލިބޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ފާޑު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާފަންނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހާއްސަ ތަރާވީހެއް ވަނީ ބާއްވާފައެވެ.

އެ ތަރާވީހަށް ފަހު ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ސޯލިހު ވިދާޅުވީ އިގްތިސާދީ ގޮތުން މިއަދު ރާއްޖެއަށް ދިމާވެގެން އުޅެނީ އިންޑިއާއިން ނަގާފައިވާ ލޯނުތަކުގެ މައްސަލައެއް ނޫން ކަމަށެވެ.

މިދިޔަ ފަސް އަހަރު ވެރިކަން ކުރެއްވި ސޯލިހު ވިދާޅުވީ ޗައިނާއަށް 18 ބިލިއަން ޑޮލަރު ދަރާފައިވާ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުން ޗައިނާއިން އިތުރު ލޯނެއް ނަގާފައިނުވާ ކަމަށެވެ.

ސޯލިހު ވިދާޅުވީ އިންޑިއާއިން ނެގީ އަށްބިލިއަން ރުފިޔާ ކަމަށާއި އެއީ 1.7 ބިލިއަންގެ އިންޓްރެސްޓް ރޭޓެއް ކަމަށާއި އޭގައި ފަސް އަހަރުގެ ގްރޭސްޕީރިއަޑެއް ހިމެނޭ ކަމަށެވެ. އެ ލޯނު އަނބުރާ ދައްކަން 25 އަހަރު ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އަނެއްކާ އެ ދައްކަން ޖެހޭނީވެސް ހަރަދުކުރެވޭ ވަރަކުން، އެހެންވީމަ މިއެއް ނޫން ގައުމަށް ކުރިމަތިވެގެން އުޅޭ މައްސަލަ އަކީ. އެ ބޭފުޅުން އޭރު ތިއްބެވިއިރު ނަގާފައި ތިބި ދަރަނިތަކުން ސަލާމަތްނުވެގެން މިއުޅެނީ

ޕްރޯ އިންޑިއާ ޕޮލިސީ އަށް ތާއިދުކުރައްވާ ސޯލިހު ވިދާޅުވީ މި ސަރުކާރުން 'ބޯހަރުކަން' ދޫކޮށްލުމުން އަވަށްޓެރި ގައުމުތަކުން އެހީވެސް ދޭނެ ކަމަށެވެ.

''ގޮތް ދޫކުރަން ނޫޅުއްވާ، އަދި ކިރިޔާ ވިސްނޭހެން އަޅުގަނޑަށް ހީވަނީ ބޯހަރުކަން ދޫކޮށްލަންވެއްޖެކަން'' ސޯލިހު ވިދާޅުވިއެވެ. އެއަށް ފަހު ވިދާޅުވީ މެދުއިރުމަތީގެ އެއްވެސް ގައުމަކުންވެސް އަދި މިހާތަނަށް އައިރު އެހީއެއް ހަމަޖެހިފައިނުވާ ކަމަށެވެ.

''މިހާ ހިސާބަށް އައިރުގައި މެދުއިރުމަތީގެ އެއްވެސް ގައުމަކުންވެސް އަދި މިހާތަނަށް ލިބުނު 50 ޓަނު ކަދުރު ފިޔަވާ އެއްޗެއް ނުލިބޭ، ވަރަށް ބާރަށް އަޑު އިވުނު އޭރު ފުރަތަމަ ވަޑައިގަންނަވާނީ ސައުދީއަށޭ'' ސޯލިހު ވިދާޅުވީ އެ ކަންތައްތަކާއި އެކު ސަރުކާރު ހަމަ މަގަށް އަޅުވަން ޖެހޭ ކަމަށެވެ.

ވިދާޅުވީ އެކަން ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދީގެން ކަމަށެވެ.

Ads by HDC
  1. ކަކޫހޭކަލޭތީ

    ކަދުރުކޮޅުވެސް ލިބިއްޖެތާ ކަލޯ ވެރިކަމުގަ އެވެސް އިންޑިޔާއަށް ބިރުން ގެންނާކަށް ނުކެރުނު. ކަލޭ ގައުމަށް ގައްދާރުވި މައްސަލައިގެ ފައިލް އޮތީ ތައްޔާރަށް ވިސްނާ ހުންނާތި

  2. އިބްރހިމާގެ ހިތިހަނދާން މަވޭ އަބަދުވެސް ކބާތ ވެންޓިލޭޓަރު