ޚަބަރު

ރޯދަ ދޫކޮށްލި މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ/ ފޮޓޯ: ދެން

ރޯދަ ދޫކޮށްލި މީހަކު ހައްޔަރުކޮށް ދެ ދުވަހަށް ބަންދުކޮށްފިއެވެ.

Ads by STELCO

އެކަމެއް މިއަދު ހިނގިއިރު، ހައްޔަރުކުރީ އުމުރުން 40 އަހަރުގެ މީހެކެވެ. ފުލުހުން ކޯޓުގައި ބުނީ އޭނާ ރޯދާ ދޫކޮށްލާފައިވަނީ ބަނަހެއް ކައިގެން ކަމަށެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ މީހާގެ ބަންދަށް ދެ ދުވަސް ޖަހާފައެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ އަކީ ގިނަ އަދަދެއްގެ ކުށުގެ ރިކޯޑް ހުރި ކުށުގެ ވެށީގައި އުޅޭ މީހެކެވެ.

ރޯދަ ދޫކޮށްލައިގެން ޖޫރިމަނާކޮށްފައިވެސް މީގެ ކުރިން އެބަހުއްޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!