ދުނިޔެ

ޗައިނާގެ ސޯޝަލް މީޑިއާ އެޕް ޓިކްޓޮކަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ޓައިވާނުން ކަނޑައަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާނުގެ ޑިޖިޓަލް އެފެއާޒް މިނިސްޓަރު އޮޑްރީ ޓޭންގް ވަނީ ޗައިނާގެ ކުންފުންޏެއްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓިކްޓޮކަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅުއްވާފައި ކަމަށް ޓައިވާނުގެ ސެންޓްރަލް ނިއުސް އެޖެންސީ ޓައިވާނުން ބުނެފި އެވެ.
ޓެންގް ވިދާޅުވީ އެ ޕްލެޓްފޯމް ބޭރުގެ ވާދަވެރިންނާ ގުޅުމަކީ އެމެރިކާގެ ވިސްނުމާ ގުޅިފައިވާ ކަމެއް ކަމަށާއި، ޓިކްޓޮކަކީ ގައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލެއް ކަމަށް ދެކޭ ކަމަށެވެ.

Ads by Sosun Fihaara

ދާދި ފަހުން ބޭއްވި ގާނޫނު ހަދާ މަޖިލީހުގައި ޓޭންގް ވިދާޅުވެފައި ވަނީ ޓައިވާނުން ޓިކްޓޮކް އަކީ ނުރައްކާތެރި އުފެއްދުމެއްގެ ގޮތުގައި ގިންތިކޮށްފައިވާ ކަމަށެވެ. ސީއެންއޭ ޓައިވާނުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ބޭރުގެ ވާދަވެރިންގެ ކޮންޓްރޯލް ގެއްލޭ ކޮންމެ ޕްރޮޑަކްޓަކީ ޓައިވާނުގެ މިންގަނޑުތަކާ އެއްގޮތަށް ގައުމީ މައުލޫމާތާއި މުވާސަލާތީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.

ޓައިވާނުގައި މި ފިޔަވަޅު އެޅީ އެމެރިކާގައި ވެސް އެފަދަ ޓްރެންޑަކާ ގުޅިގެންނެވެ. އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ދާދި ފަހުން ވަނީ ޓިކްޓޮކްގެ މައި ކުންފުނި ބައިޓްޑާންސަށް އަމާޒުކޮށް ބިލެއް ފާސްކޮށް، އެ ކުންފުނީގެ އެމެރިކާގެ އެސެޓްތައް ވިއްކާލަން ނުވަތަ މުޅި ގައުމުގައި މަނާކުރުމާ ކުރިމަތިލާން ޓައިމްލައިނެއް ދީފަ އެވެ. މި ގާނޫނަކީ ޑިޖިޓަލް ޕްލެޓްފޯމްތަކުގެ މައްޗަށް ބޭރުގެ ނުފޫޒު ފޯރާތީ ޓައިވާނުގެ ކަންބޮޑުވުންތައް ދައްކުވައިދޭ ގާނޫނެކެވެ.

ޓެންގް ވިދާޅުވީ ޓައިވާނުގެ މިނިސްޓްރީ އޮފް ޑިޖިޓަލް އެފެއާޒް (މޯޑާ) އިން ސައިބާ ސެކިއުރިޓީ މެނޭޖްމަންޓް ގާނޫނަށް އިސްލާހެއް ހުށަހަޅައި، ނުސީދާ ގޮތުން ބޭރުގެ ނުފޫޒު ފޯރުވުމާ ގުޅޭ ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބިލުގައި ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވާ ކަމަށެވެ. މި އިސްލާހުން ދައްކުވައިދެނީ ބޭރުގެ ނުފޫޒުން އެގައުމުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ރައްކާތެރިކުރުމަށް ޓައިވާނުން ކުރާ އަހައްމިއްޔަތުކަމެވެ.

ޓައިވާންސަރުކާރުގެ އިދާރާތަކާއި އެތަންތަނުގެ ގޯތިތެރޭގައި ޓިކްޓޮކް ބޭނުންކުރުން މިހާރުވެސް ވަނީ މަނާކޮށްފައެވެ. ނަމަވެސް ކެބިނެޓުން ވަކި ގޮތެއް ނިންމަންދެން ސްކޫލްތަކާއި އަމިއްލަ އިދާރާތަކާއި އާންމު ތަންތަނަށް މި މަނާ މުއްދަތު އިތުރުކުރެވޭނެ ކަމުގެ އިޝާރާތެއް ޓޭންގް ވަނީ ދެއްވާފަ އެވެ. އަދި މިފަދަ ނިންމުމެއް ނިންމުމަކީ ޤާނޫނީ މަރުހަލާތަކާއި ޢަމަލީ ފީސިބިލިޓީއަށް ރިއާޔަތްކޮށް، ފުޅާ ދާއިރާއެއްގައި އެސެސްމަންޓެއް ހެދުމަށް ހަމަޖެހިފައިވާ ނިންމުމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!