ޚަބަރު

ދަރުމަވަންތަ މިސްކިތުގެ ދެ ފަންކާ ވަގަށް ނަގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލެ، ދަރުމަވަންތަ މިސްކިތުގައި ހުރި ދެ ފަންކާ ރޭ ވަގަށް ނަގައިފިއެވެ.

Ads by STELCO

މާލެ ސިޓީ ކައުންސިލުން މިއަދު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ރޭގެ ވަގުތެއްގައި ވަގަށް ނަގާފައިވާ ކަމަށެވެ.

އަދި މިހާރު އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ދެ ފަންކާ ވަގަށް ނަގާފައިވާއިރު، ދެ މިސްކިތެއްގެ އަންހެނުން ވުޝޫ ކުރާ ބަޔަކަށް މި ރޯދަ މަހު ވަނީ ގެއްލުންތަކެއްވެސް ދީފައެވެ.

ގެއްލުން ދީފައިވަނީ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހަނާ ތައްޓާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުންގެ ވުޝޫކުރާ ބައިގެ ފެން އިސްކުރު ތަކަކަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!