ލައިފްސްޓައިލް

ކޮވިޑް19: ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ ފަސް ކަމެއް

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހުން ރައްކާތެރިވެ ތިބުމަށް ދިފާއީ ނިޒާމު ވަރުގަދަ ކުރުމަކީ މުހިންމު ކަމެކެވެ. ދިފާއީ ނިޒާމު ބަލިކަށި ނަމަ ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުވެ ވައިރަހުގެ ނުރައްކާ އިތުރުވެއެވެ. ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ތަފާތު އެތައް ކަމެއް ހުންނައިރު މި ހިމަނާލަނީ އޭގެ ތެރެއިން ސައިންސް އިން ސާބިތުވެފައިވާ މުހިންމު 5 ކަމެކެވެ.

Ads by STELCO

1. ނިދި ހަމަކުރުން
ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ހަމަނުވާނަމަ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދުމުގައި ގޮންޖެހުންތަކަކާއި ދިމާވެއެވެ. އެންޓިބޮޑީސް އަކީ ދިފާއީ ނިޒާމުުގައި މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ. ދުވާލަކު މަދުވެގެން 9 ނުވަތަ 8 ގަޑިއިރުގެ ނިދި ހަމަކުރުމަކީ މުހިންމު ކަމެކެވެ. 8 ގަޑިއިރުގެ ނިދި ހަމަ ނުވާނަމަ ދުވާލު ގަޑީގައި 'ޕަވަރ ނެޕްސް' ނަގާލައިގެން ވެސް 8 ގަޑިއިރު ހަަމަކޮށްލެވިދާނެއެވެ.

2. ފައިދާހުރި ކާނާ ކެއުން
ނިދިހަމަކުރުމާއި ފައިދާހުރި ކާނާ ކެއުމަކީ ވަރަށް އާދައިގެ ކަންކަން ހެން ހީވެދާނެއެވެ. ނަމަވެސް އެއީ މީހާ ދުޅަހެޔޮ ކަންމަތީ ހުރުމަށް ކޮންމެހެންވެސް މުހިންމު އަދި ބޭނުންވާ ކަންތައްތަކެވެ. ގިނައިން ވިޓަމިނާއި މިނެރަލްސް ލިބޭ ތަރުކާރީ ކެއުމަކީ ދިފާއި ނިޒާމު ވަރުގަދަ ކުރުމަށް ކުރެވޭނެ ވަރަށް ފަސޭހަކަމެކެވެ.

3. ކަސްރަތުކުރުން
ކަސްރަތުކުރުމަކީ ހަމައެކަނި ބަރުދަން ލުއިކޮށް ސަރުބީ ވިރުވާލަން ކުރާ ކަމެއް ނޫނެވެ. ކަސްރަތު ކުރުމުން ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅުކޮށްދީ ދިފާއީ ނިޒާމު ވަރަުގަދަކޮށް ދިނުމަށް އެހީވެއެވެ.

4. ވިޓަމިން ޑީ ހަށިގަނޑަށް ލިއްބައިދިނުން
ވިޓަމިން ޑީ މަދު މީހުންނަށް އިންފެކްޝަންތަކާއި ބަލިތައް ޖެހުމަށް ބޮޑަށް މަގުފަހިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

5. ޕްރޮބަޔޮޓިކްސް ކެއުން
ޕްރޮބަޔޮޓިކްސް އަކީ ސިއްހަތަށް ފައިދާހުރި ބެކްޓީރިއާގެ ވައްތަރެކެވެ. ޕްރޮބަޔޮޓިކްސް ކެއުމުން ހަޖަމް ކުރުމަށް ފަސޭހަވެ ދިފާއީ ނިޒާމް ވަރުގަދަކޮށްދެއެވެ. ޕްރޮބަޔޮޓިކްސް ލިބިދޭ ކާނާ ގެ ތެރޭގައި ޔޯގަޓް، އަދި އެޕަލް ސިޑަރ ވިނިގަރ ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!