ދުނިޔެ

އިންޑިޔާގެ ޓެކްސް އާމްދަނީ އުއްމީދުކުރި ވަރަށްވުރެ އިތުރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިޔާގެ ޑައިރެކްޓް ޓެކްސްގެ ކުރިއެރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 2023-24 ވަނަ އަހަރުގެ ގްރޮސް ޑައިރެކްޓް ޓެކްސް (17 މާޗް 2024 ގެ ނިޔަލަށް) މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު (2022-23 ވަނަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް) ވަނީ 18.7 އިންސައްތަ އިތުރުވެފައެވެ.

Ads by WAMCO

2023-24 ވަނަ އަހަރުގެ ޑައިރެކްޓް ޓެކްސް (ރިފަންޑަށް އެޑްޖަސްޓް ކުރުމުގެ ކުރިން) ގްރޮސް ކަލެކްޝަން 22.2 ލައްކަ ކްރޯޑް ރުޕީސް އަށް އަރާފައިވާއިރު، އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 18.7 ލައްކަ ކްރޯޑް ރުޕީސް އެވެ.

ގްރޮސް ކަލެކްޝަންގެ ގޮތުގައި 22.2 ލައްކަ ކްރޯޑް ރުޕީސްގެ ތެރޭގައި ކޯޕަރޭޝަން ޓެކްސް (ސީއައިޓީ) 10.9 ލައްކަ ކްރޯޑް ރުޕީސް އަދި ޕާސަނަލް އިންކަމް ޓެކްސް (ޕީއައިޓީ) ގެ އިތުރުން ސެކިއުރިޓީޒް ޓްރާންސެކްޝަން ޓެކްސް (އެސްޓީޓީ) 11.2 ލައްކަ ކްރޯޑް ރުޕީސް ހިމެނެ އެވެ.

ޑައިރެކްޓް ޓެކްސް ނަގަނީ އަމިއްލަ ފަރުދުންނާއި ކޯޕަރޭޓް ކުންފުނިތަކަށް ލިބޭ ޓެކްސް ކުރެވޭ އާމްދަނީން ކަމަށާއި އެ ޓެކްސްތައް ދެއްކުމަކީ ޓެކްސް ދައްކާ ފަރާތްތަކުގެ އަމިއްލަ މަސްއޫލިއްޔަތެކެވެ. އޭގެ ތެރޭގައި އިންކަމް ޓެކްސް، ކޯޕަރޭޓް ޓެކްސް، ކެޕިޓަލް ގޭންސް ޓެކްސް އަދި ޕްރޮޕަޓީ ޓެކްސް ހިމެނެ އެވެ.

ޑައިރެކްޓް ޓެކްސްގެ އާމްދަނީ ބޮޑުތަނުން އިތުރުވެފައި ވަނީ ޑިމޮނިޓައިޒޭޝަން (2016)، އިންކަމް ޑިސްކްލޯޒާ ސްކީމް (2016) ފަދަ މަސައްކަތްތަކުގެ ސަބަބުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!