ޕާކިސްތާނުގެ އަވަށެއްގައި ގޮވާންތަކެއް ގެއްލިއްޖެ

ސިންދުގައި ހުންނަ ޕާކިސްތާނު ސަރުކާރުގެ ގުދަނަކުން 47،000 އެއްހާ ހުއިފިލަނޑާ ބަސްތާ ގެއްލިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ތަފްސީލްތަކަށް ބަލާއިރު، ސިންދު ސަރުކާރުން ގަނެފައިވާ 800 މިލިއަން ރުޕީސްގެ ހުއިފިލަނޑާ ބަސްތާތައް ގެއްލުނީ ގުދަނުން ކަމަށް އޭއާރުވައި ނިއުސް އިން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ސިންދު ފުޑް ޑިޕާޓްމަންޓުން ވަނީ ތިން ފުޑް އޮފިސަރަކު ސަސްޕެންޑްކޮށްފަ އެވެ.
ސަސްޕެންޑް ކުރި އޮފިޝަލުންގެ ތެރޭގައި ޑިސްޓްރިކްޓް ފުޑް ކޮންޓްރޯލާ ޚައިރްޕޫރާއި ފުޑް ސުޕަވައިޒަރ އިންޗާޖް އަދި ފުޑް އިންސްޕެކްޓަރު ހިމެނޭ ކަމަށް އޭއާރުވައި ނިއުސް އިން ބުނެއެވެ.
މިއީ ސިންދުގައި މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ.
2022 ވަނަ އަހަރު ނައުޝެރޯ ފީރޯޒްގައި ހުންނަ ސިންދު ސަރުކާރުގެ ގުދަންތަކުން އެތައް ހާސް މެޓްރިކް ޓަނުގެ ހުއިފިލަނޑާ ގެއްލުނެވެ.