ޕެޓް ކެއާ ފެސިލިޓީގެ ބިންގާ އަޅައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރުމަށް ނިންމާފައިވާ ޕެޓް ކެއާ ފެސިލިޓީގެ ބިންގާ އަޅަައިފިއެވެ.
މާލޭ މަގުމަތީގައި ގިނަ ވެފައިވާ ބުޅާތައް ބެލެހެއްޓުމަށް ގާއިމުކުރާ މި ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.
އެނިމަލްވެލްފެއާ މިނިސްޓްރީ އަދި މާލެ ސިޓީ ކައުންސިލް ގުޅިގެން މި ފެސިލިޓީ އަޅަން ހަމަޖެހިފައިވަނީ 5000 އަކަފޫޓުގެ ބިމެއްގައެވެ.
މި ފެސިލިޓީ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށިއިރު މިވަގުތު އަޅަނީ ބުޅާ ފެސިލިޓީއެކެވެ. އަދި މި ފެސިލިޓީ އެއްކޮށް ނިމުމާއެކު އެކިކަހަލަ ޖަނަވާރު ބަހަލައްޓާ ފެސިލިޓީއަކަށް ބަދަލުވެގެން ދާނެއެވެ.
މާލޭގެ މަގުތަކުގައި ބުޅާ ގިނަވުމުގެ ސަބަބުން އެކަމަށް ހައްލެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މަސައްކަތް ފެއްޓެވި އެވެ. އެންމެ ފުރަތަމަ ފާސްކުރީ 1.5 މިލިއަން ރުފިޔާގެ ބަޖެޓަކާ އެކު ވިލިމާލޭގައި އެކަން ކުރުމަށެވެ.
\