ޚަބަރު

އާދީއްތަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައި ގަންނަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ އާދީއްތަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް ޒަކާތު ހައުސްއިން ބުނެފިއެވެ.

Ads by STELCO

އެ އިދާރާއިން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުވެސް ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެގޮތުން، އާދީއްތަ ދުވަހުން ފެށިގެން، އަންނަ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ބަލައިގަންނާނެ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.

މާލެ ސިޓީގައި ގޮވާމުން ޒަކާތް ބަލައިގަންނަން ހަމަޖެހިފައި ވަނީ އަމީނިއްޔާ ސްކޫލު ހޯލުގައެވެ. އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރާއި ހޮނިހިރު ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ މެންދުރު ފަހު 1:00 އިން ހަވީރު 4:00 އަށް އަމީނިއްޔާ ސްކޫލުން ގޮވާމުން ޒަކާތް ބަލައިގަންނާނެއެވެ.

ގޮވާމުގެ ގޮތުގައި ބަލައިގަންނާނީ، ގޮދަން ފުށް، އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ބާސްމަތީ ހަނޑޫ، ތައިލެންޑު ހަނޑޫ، ރަތް ހަނޑޫ އަދި އާޓާ ފުށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!