ދުނިޔެ

ޔޫކްރެއިންގެ ޚާރިޖީ ވަޒީރު އިންޑިއާއަށް ވަޑައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ޑިމިޓްރޯ ކުލޭބާ ވިދާޅުވީ ބުރާސްފަތި ދުވަހު ނިއުދިއްލީއަށް ވަޑައިގެންނެވީ ޔޫކްރެއިންގައި ސުލްހައިގެ މަގަށް ކިއޭވް ގެންގުޅުއްވާ ވިސްނުން ކުރިއަށް ގެންދިއުމަށާއި އިންޑިއާއާ ގުޅުން ބަދަހިކުރުމަށް ކަމަށެވެ.

Ads by Sosun Fihaara

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުލެބާ ލިޔުއްވާފައިވާ ގޮތުގައި (ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ) އާއި (އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ) އާ ދެމެދު ދެކެވޭ ވާހަކަތަކަށް ބިނާކޮށް ސުލްހައިގެ ފޯމިއުލާއަށް ހާއްސަ ސަމާލުކަމެއް ދޭނެ އެވެ.

ޔޫކްރެއިންގެ އުއްމީދަކީ ކުރިއަށް އޮތް މަސްތަކުގައި ރަޝިޔާގެ ބައިވެރިވުމެއް ނެތި ދުނިޔޭގެ ލީޑަރުންގެ ސަމިޓެއް ބާއްވައި ސުލްހައިގެ ބްލޫޕްރިންޓް ކުރިއަށް ގެންދިއުމެވެ.

ޔޫކްރެއިންގެ ޑިޕްލޮމެޓިކް އިނީޝިއޭޓިވް އަކީ ނޮން ސްޓާޓާއެއް ކަމަށް ބުނެ ރަޝިއާއިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ކުލެބާގެ ދަތުރުފުޅުގެ ކުރިން މޯދީ ވަނީ މިދިޔަ ހަފުތާގައި ޒެލެންސްކީ އާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ވަކިވަކިން ފޯނުން ގުޅުއްވާފަ އެވެ.

އިންޑިޔާއަކީ އާދަޔާ ޚިލާފަށް މޮސްކޯއާއެކު އިޤްތިޞާދީ ގޮތުންނާއި ދިފާޢީ ގޮތުން ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމަކަށްވާއިރު، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާ ގުޅިގެން ރަޝިޔާއަށް ފާޑުކިޔުމުގެ ބަދަލުގައި ރަޝިޔާގެ ތެޔޮ ގަންނަ މިންވަރު ރެކޯޑް މިންވަރަކަށް އިތުރުކުރުމާ ގުޅިގެން ރަޝިޔާއިން ވަނީ އެކަމަށް ފާޑުކިޔުމުން ދުރުހެލިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!