މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންނަށް ތިން މިލިއަން ރުފިޔާގެ ޓްރަސްޓު ފަންޑެއް އުފައްދާ ދެއްވާނެ ކަމަށް އެ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މުސްތަފާ އިބްރާހީމް
ވިދާޅުވެއްޖެއެވެ.
ރޭ މުސްތޮ ބޭއްވި ކެމްޕޭން ޖަލްސާގައި އެ ދާއިރާގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވިދާޅުވީ އެކުލަވާލެވޭ ފަންޑު ވެގެންދާނީ ހުޅަނގު ދާއިރާގެ ރައްޔިތުން ބޭނުންވާ ތަރައްގީގެ އެކި ކަންތައްތައް ބަލަހައްޓަން ބޭނުން ކުރަން ހަމަޖެހިގެން ދާނެ ފަންޑެއް ކަމަށެވެ.
"ވަރަށްގިނަ ފަހަރަަށް އެބަ ހީވޭ ރައްޔިތުންގެ މަޖިލީހަށް ހޮވޭ މެމްބަރަކީ ވެލްފެއާ އޮފިސަރެކޭ"
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަނލުން ބައިވެރިވެ ވަަޑައިގެންނެވި އެ ބައްދަލުވުމުގައި މުސްތޮ ވިދާޅުވި ގޮތުގައި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ފެންނާނީ މިހާރު ފެންނަ މަންޒަރާ މުޅިން ތަފާތު މަންޒަރެއް ކަމަށެވެ. އޭނާ އެ އިޝާރާތް ކުރަމުން ދަނީ މިހާރު މެޖޯރިޓީ އޮތް އެމްޑީޕީން ކަންކުރަމުންދާ ގޮތަށެވެ.
ވިދާޅުވީ ކުރިއަށް އޮތް 20 ވަނަ މަޖިލީހުގެ އިންތިހާބު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ ފެނިގެންދާނީ މަޖިލީހުގެ މަަސައްކަތްތަށް ނިންމާ މަސްއޫލިއްޔަތު އަދާކުރާ މަންޒަރު ކަމަށެވެ.
މުސްތޮ ވިދާޅުވީ އަންނަ އިންތިހާބުގައި ފެނިގެންދަނާީ ރައްޔިތުން ނިކުމެ އެމްޑީޕީއަށް ނޫނެކޭ ބުނާ މަންޒަރު ކަމަށެވެ. އަދި ބޮޑުތަނުން ސަރުކާރުން ކެންޑިޑޭޓުން އިންތިހާބުކުރާތަން ފެންނާނެ ކަމަށެވެ.