ދުނިޔެ

ޗައިނާ އަށް ބަރޯސާވުން ކުޑަކުރުމަށް ޓެކްނޮލޮޖީމެޓީރިއަލްގައި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ޖަޕާނާއި އީޔޫއިން މަޝްވަރާ ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖަޕާނާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ނެކްސްޓް ޖެނެރޭޝަން ޗިޕްސް އަދި ބެޓެރީތަކަށް ބޭނުންވާ އެޑްވާންސް މެޓީރިއަލްތަކަށް އެއްބާރުލުން ދިނުމުގެ މަޝްވަރާތައް ފަށަން ނިންމާފައިވާ ކަމަށް ނިކްކީ އިން ބުނެފި އެވެ.

Ads by Sosun Fihaara

އީޔޫގެ ކޮމިޝަނަރ ފޮރ އިނޮވޭޝަން އެންޑް ރިސާޗް އިލިއާނާ އިވާނޯވާ ބިޒްނަސް ޑެއިލީއަށް ލިޔުމުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެއް މަސްލަހަތު ހިމެނޭ ދާއިރާތަކުގައި މިފަދަ ޑައިލޮގް ފްރޭމްވޯކެއް ގާއިމުކުރުމަކީ ދެފަރާތަށް ވެސް ފައިދާކުރާނެ ކަމެއް ކަމަށެވެ.

އީޔޫއަކާ ގުޅިގެން އޭޕްރީލް މަހުގެ ކުރީކޮޅު ތައާރަފްކުރުމަށް ހަމަޖެހިފައިވާ މި ފްރޭމްވޯކަކީ އިލެކްޓްރިކް ވެހިކަލް ބެޓެރީ ފަދަ ބޭނުންތަކަށް ބޭނުންވާ މުހިއްމު މާއްދާތައް ކަމަށްވާ މަދުން ނޫނީ ނުފެންނަ މެޓަލްސް ފަދަ މެޓީރިއަލްތަކަށް ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެހީތެރިވެދޭ އޮނިގަނޑެއް ކަމަށް ނިކްކީ އިން ބުނެއެވެ.

ޓެކްނޮލޮޖީ ރައުންޑްއަޕް ނިއުސްލެޓާއިން އެންމެ ފަހުގެ ޚަބަރުތަކާއި ޓްރެންޑްތައް ގެނެސްދެނީ ސީދާ އިންބޮކްސްއަށެވެ. މިތަނަށް ސައިން އަޕް ކޮށްލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!