ދުނިޔެ

އޭއައިގައި އެމެރިކާއާއި ޖަޕާން ގުޅިގެން މަސައްކަތް ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ހައިޓެކް ދާއިރާތަކުން ޖަޕާނާއި އެމެރިކާ އިން ގާތް ގުޅުމެއް ބާއްވަން ނިންމާފައިވާކަން އިއުލާން ކުރާނީ އަންނަ މަހު ބޮޑުވަޒީރު ފުމިއޯ ކިޝިދާ ރައީސް ޖޯ ބައިޑަންއާ ބައްދަލު ކުރައްވާއިރު ކަމަށް އަސާހީ ޝިމްބުން ނޫހުން ބުނެފި އެވެ.

Ads by Sosun Fihaara

ބައިޑަން އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ކިޝިދާ ހޯސްޓް ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.

ދެ ބައިވެރިންގެ މެދުގައި އޮންނަ ގުޅުމަކީ ބައިނަލްއަގްވާމީ ޕާޓްނާޝިޕެއް ކަމަށް ސިފަކޮށް، ޖޮއިންޓް ސްޓޭޓްމަންޓުން އޭއައި އާއި ސެމިކޮންޑަކްޓަރުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް ވަކާލާތު ކުރާނެ ކަމަށް އަސާހީ ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން ޖަޕާނާއި އެމެރިކާއިން އެންވީޑިއާ (އެންވީޑީއޭ) އާ ގުޅިގެން އޭއައި ރިސާޗް އެންޑް ޑިވެލޮޕްމަންޓްގެ އޮނިގަނޑެއް އެކުލަވާލާނެ ކަމަށް ބެލެވެ އެވެ. އޯ)، އާމް އެންޑް އެމެޒޯން (އޭއެމްޒެޑްއެން. އޯ)، އެހެނިހެން ފަރާތްތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

ޗައިނާގެ އަސްކަރިއްޔާ ހަރުދަނާކުރެވޭނެ ޒަމާނީ ޓެކްނޮލޮޖީ ބެއިޖިންއަށް ލިބުން ހުއްޓުވުމަށް އެމެރިކާއިން ދަނީ ޗައިނާއަށް އެޑްވާންސް އޭއައި ޗިޕްސްގެ ޝިޕްމަންޓްތައް ދިނުން ހުއްޓާލުމަށް މިފަހަކަށް އައިސް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!