ޚަބަރު

ގޯތިތަކަށް އަރާފައިވާ ނެޓްވޯކް ބަދަލުކުރަން ތިން މަސް ނަގާނެ: ފަޒުލް

ރައުފާ ރަޝީދު ، ދެން އޮންލައިން
ފަޒުލް ރަޝީދު/ ފޮޓޯ: ދެން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ފޭސް ދޭކުން ދޫކޮށްފައިވާ ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާ ނެޓްވޯކް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

Ads by MWSC

ގޯތިތަކަށް އަރާފައިވާ ނެޓްވޯކް ބަދަލުކުރަން 200 މިލިއަން ހަރަދު ވާނެކަމަށް އެ ކުންފުނީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އެގޮތަށް 150 އެއްހާ ބިން ދޫކޮށްފައިވާ ކަމަށް ގޯތިތަކުގެ އިންފާރު ވަކި ކުރަން ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަޒުލް ވަނީ ވިދާޅުވެފައެވެ.

ރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ނަރުދަމާ އާއި ކަރަންޓުގެ ވިއުގަ އަށް އަރާފައި ހުރި ގޯތިތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެކަމަށް ދެން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް ވިދާޅުވިއެވެ.

''މިހެން ހުރި ތަންތަން، ތިން ހަތަރު މަހެއްގެ ތެރޭގައި އެ ރިލޮކޭޓް ކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ޔަގީންކަން ދެއްވާ، އަޅުގަނޑުމެންނަށް ރީލޮކޭޓް ކުރެވޭނެކަން ފެނާއި ނަރުދަމާގެ މަސައްކަތް'' ފަޒުލް ވިދާޅުވިއެވެ.

ބައެއް މަގުތަކަށް އަރާ ގޮތަށް ދޫކޮށްފައި ހުރި ގޯތިތަކުގެ އިމުގެ ތެރޭގައި ހިމެނޭ ތާރުގަނޑު ކެނޑުމުގެ މަސައްކަތްވެސް އެޗްޑީސީން ވަނީ ފަށާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!