ޚަބަރު

ގޮވާމުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު ހުޅުވާލައިފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން

އެހެން އަަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރުޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Sosun Fihaara

އިސްލާމިކް މިނިސްޓްރީއިން މިއަދު ބުނީ، ގޮވާމުން ފިތުރުޒަކާތް ބަލައިގަންނާނީ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު، އަމީނިއްޔާ ސްކޫލް ހޯލު (ލިލީމަގު ދޮރާށި)ން ކަމަށެވެ.

މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ،  13:00 ން 16:00 އަށެވެ. އަދި ނުވައެއް އޭޕްރިލް ވާ އަންގާރަ ދުވަހު ޒަކާތް ބަލައިގަންނާނީ 13:00 ން 18:00 އަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނީ، އާދައިގެ ހަނޑުލާ، ތައިލެންޑް ހަނޑުލާ، ބާސްމަތީ ހަނޑޫ އަދި ރަތް ހަނޑުލުންނެވެ. މީގެއިތުރުން، ގޮދަން ފުށާއި އާޓާ ފުށުން ވެސް ޒަކާތް ދެއްކޭނެއެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުމުގެ މިންވަރެވެ. އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ އެ ހަނޑުލުގެ އަގަށްވާ ފައިސާ އިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!