ދުނިޔެ

ކެމްބޯޑިއާގައި ސައިބާ ފްރޯޑް ސްކީމްތަކުގައި ޖެހިފައިވާ ރައްޔިތުން އިންޑިއާއިން ސަލާމަތްކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކެމްބޯޑިއާގައި ވަޒީފާއަށް ވައްދައި، ސައިބާ ފްރޯޑް ސްކީމްތަކުގައި ބައިވެރިވާން މަޖުބޫރުކުރަމުންދާ އެގައުމުގެ ރައްޔިތުން ސަލާމަތް ކުރަމުން އަންނަ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

Ads by Sosun Fihaara

ކެމްބޯޑިއާގައި ހުންނަ އިންޑިއާގެ އެމްބަސީން ކެމްބޯޑިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އިންޑިއާގެ 75 މީހުންނާއެކު އިންޑިއާގެ 250 އެއްހާ މީހުން ސަލާމަތްކޮށް އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

ޖައިސްވާލް މިހެން ވިދާޅުވީ ކެމްބޯޑިއާގައި އިންޑިއާގެ 5،000 އަށް ވުރެ ގިނަ މީހުން ތާށިވެ، އެނބުރި ގައުމަށް ދާ މީހުންނަށް ސައިބާ އޮޅުވާލުމަށް މަޖުބޫރުވާ ކަމަށް ބުނެ އިންޑިއާގެ ހަބަރުތައް ފެތުރުމާ ގުޅިގެންނެވެ.

"ކެމްބޯޑިއާގެ ކަމާބެހޭ ފަރާތްތަކާއި އިންޑިއާގެ އެޖެންސީތަކާ ގުޅިގެން ވެސް މި އޮޅުވާލައިގެން ހިންގާ ސްކީމްތަކުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން މިދަނީ،" ޖައިސްވާލް ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރާއި ކެމްބޯޑިއާގައި ހުންނަ އެގައުމުގެ އެމްބަސީން މިފަދަ ހިޔާނާތްތަކުގެ މައުލޫމާތު ދީ ގިނަ އެޑްވައިޒަރީތަކެއް ނެރެފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!