ދުނިޔެ

މޮސްކޯގެ އެޓޭކްގައި ޕާކިސްތާނުގެ އަތެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިއާގެ މޮސްކޯ އޮބްލާސްޓްގެ ކްރަސްނޯގޯސްކްގައި ހުންނަ ކްރޮކަސް ސިޓީ ހޯލް މިއުޒިކް ވެނިއުގައި އައިއެސްގެ ޓެރަރިސްޓް ހަމަލާއެއް ދީފައިވަނީ 22 މާޗް 2024 ގައެވެ. ހަތިޔާރު އެޅި ހަތަރު މީހަކު ވަނީ ބަޑީގެ ހަމަލާއެއް ދީ، އެތަނަށް އެއްވެ ތިބި މީހުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދީ، އަލިފާން ރޯކޮށްލާ ޑިވައިސްތައް ބޭނުންކޮށްފަ އެވެ. އަފްޣާނިސްތާނަށް ނިސްބަތްވާ އިސްލާމިކް ސްޓޭޓް ޚުރާސާން ޕްރޮވިންސް (އައިއެސްކޭޕީ) އިން މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ އައިއެސްއާ ގުޅިފައިވާ އަމާކް ނިއުސް އެޖެންސީ މެދުވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

Ads by Sosun Fihaara

އަމާކް ވަނީ ހަމަލާދިން މީހުންގެ ތެރެއިން އެކަކު ނަގާފައިވާ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ހަމަލާ ދިން މީހުން އަނިޔާ ލިބުނު މީހުންނަށް ބަޑިޖަހައި، އަނިޔާ ލިބުނު މީހެއްގެ ކަރު ބުރިކޮށްލާފައިވާއިރު، ވީޑިއޯ ކުރި މީހާ ތަކްބީރު ކިޔަމުން ދިޔައީ الله ތަޢާލާއަށް ތައުރީފުކޮށް ކާފިރުންނާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.

ޕާކިސްތާނާއި ތަޖިކިސްތާނާއި އުޒްބެކިސްތާނުގެ ދީނީ ހަރުކަށި ފިކުރުގެ މީހުން ނާޖާއިޒު ފައިދާ ހޯދައިފާނެ ކަމުގެ އިންޒާރު މޮސްކޯގެ ކޮންސެޓް ހޯލްގައި ދިނުމުގެ އަށާރަ ދުވަސް ކުރިން ރަޝިއާއަށް އިންޒާރު ދިން ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. އެމެރިކާއިން ދިން އިންޒާރަކީ، ފާއިތުވި އަހަރުތަކުގައި އައިއެސްކޭޕީ ހިމެނޭ ގޮތަށް އެތައް ޓެރަރިސްޓް ޖަމާއަތްތަކެއް އުފައްދައި ތަރުބިއްޔަތު ކުރުމުގައި ޕާކިސްތާނާއި އެގައުމުގެ ޖާސޫސީ އިދާރާތަކުން އަދާކުރި ޝައްކުއުފެދޭ ދައުރެއް ހަނދާންކޮށްދޭ އިންޒާރެކެވެ. މި ޓެރަރިސްޓް އިންފްރާސްޓްރަކްޗަރގެ އަސަރު މިއަދު މުޅި ދުނިޔެއަށް ވެސް ދަނީ އިހުސާސް ކުރެވެމުންނެވެ.

ކުރިން ވެސް ދެންނެވި ފަދައިން އައިއެސްކޭޕީ އުފެދުނީ 2014 ވަނަ އަހަރު ޓީޓީޕީއާ ވަކިވި ފެކްޝަނަކުންނެވެ. ނަމަވެސް ޕާކިސްތާނުގެ އައިއެސްއައިއިން އައިއެސްކޭޕީއަށް ފަންޑުކުރި ގޮތުގެ ހެކި މިދިޔަ އަހަރު ވަނީ ފެންމަތިވެފަ އެވެ. ޓެރަރިސްޓް ޖަމާއަތަކީ ޕާކިސްތާނުން ފައިނޭންސް ކުރާ ޖަމާއަތެއް ކަމަށާއި އަދި އަދިވެސް ވެދާނެ ކަމަށް އައިއެސްގެ ކުރީގެ އިސް ބޭފުޅަކު ފާޅުގައި ގަބޫލުކުރެއްވި އެވެ. އައިއެސްކޭޕީއަށް ފައިނޭންސް ކުރި ގޮތާ ބެހޭ ގޮތުން ތާލިބާނަށް ތާއީދުކުރާ މީޑިއާ "އަލް މެރްސާދު" އިން އިންޓަވިއު ކުރި ޝެއިހް އަބްދުއްރަހީމް މުސްލިމްޑޮސްޓް ބުނީ އައިއެސް އަށް ސީރިއާ އާއި އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ފަރާތުންނާއި ޕާކިސްތާނުން ވެސް ފައިސާ ލިބުނު ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!