ދުނިޔެ

2024 ވަނަ އަހަރު ޖީ-20 ޤައުމުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިޤްތިޞާދަކަށް އިންޑިއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ ވެގެންދާނީ 2024 ވަނަ އަހަރު ޖީ-20 ގައުމުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގްތިސާދަށެވެ. އޭގެ ކުރީ ތިން ކުއާޓަރުގައި އިންޑިއާގެ އިގްތިސާދު ވަނީ ފުރަތަމަ ކުއާޓަރުގައި 7.8 ޕަސެންޓް، ދެވަނަ ކުއާޓަރުގައި 7.6 ޕަސެންޓް އަދި ތިން ވަނަ ކުއާޓަރުގައި 8.4 ޕަސެންޓުގައި ކުރިއަރާފަ އެވެ.

Ads by Sosun Fihaara

މިދިޔަ ހޮނިހިރު ދުވަހު މުމްބާއީގައި ބޭއްވި އިވެންޓެއްގައި ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތާރަމަން ވިދާޅުވީ 2024 ވަނަ އަހަރުގެ ޖެނުއަރީ-މާޗް ކުއާޓަރުގައި އިންޑިއާ އަށް ޕަސެންޓަށް ވުރެ ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. ދުނިޔޭގެ 5 ވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް އެ ޤައުމު ވެފައިވާއިރު، މޯދީގެ ސަރުކާރުން ވަނީ 2027 ވަނަ އަހަރުގެ ނިޔަލަށް ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް ހެދުމަށް ވަޢުދުވެފައެވެ.

ތިންވަނަ ކުއާޓަރުގައި 8.4 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް އެކި މުއައްސަސާތަކުން ލަފާކުރި މިންވަރަށްވުރެ މައްޗަށް ގޮސްފައިވާއިރު، އެކި މުއައްސަސާތަކުން އިންޑިޔާގެ ޖީ.ޑީ.ޕީ ކުރިއަރާނެ ކަމަށް އަންދާޒާކޮށްފައިވާ މިންވަރު ވަނީ އަޕްގްރޭޑްކޮށްފައެވެ. އެންމެ ފަހުގެ އަޕްގްރޭޑަކީ އިންޑިއާގެ 2024 ވަނަ އަހަރުގެ ކުރިއެރުން އަންދާޒާކުރި މިންވަރު 6.6 އިންސައްތައަށް އުފުލިފައިވާ ގޯލްޑްމަން ސެކްސްއިން ނެވެ.

މިމަހުގެ ކުރީކޮޅު އެސްއެންޑްޕީ، މޯގަން ސްޓޭންލީ އަދި މޫޑީސް އިން ވެސް ވަނީ އިންޑިއާގެ ކުރިއެރުން އަންދާޒާކުރި މިންވަރަށް ބަދަލު ގެނެސްފަ އެވެ. އެސްއެންޑްޕީއިން ވަނީ އިންޑިއާގެ ކުރިއެރުން 6.4 އިންސައްތައިން 6.8 އިންސައްތައަށް، މޯގަން ސްޓޭންލީ 6.1 އިންސައްތައިން 6.8 އިންސައްތައަށް އަދި މޫޑީސް އިން 6.6 އިންސައްތައިން 8 އިންސައްތައަށް މިއަހަރުގެ އިޤްތިޞާދީ ކުރިއެރުން އަންދާޒާކޮށްފައެވެ.

ރޭޓިން އެޖެންސީތަކުން ކުރިއެރުމުގެ އަންދާޒާތަކަށް ބަދަލު ގެނެސް، އުފެއްދުންތެރިކަމުގެ ހަރުދަނާ ހަރަކާތްތަކާއި އުމްރާނީ ޚަރަދުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގައި ބައިނަލްއަޤްވާމީ އަދި އެތެރޭގެ އުއްމީދުތައް ދައްކުވައިދެއެވެ.

މޫޑީސް އިން ލަފާކުރާ ގޮތުގައި ޖީ-20 ގެ ގައުމުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގްތިސާދަކީ އިންޑިއާ އެވެ. މޯދީގެ ސަރުކާރުން ވަނީ މީގެ ނުވަ އަހަރު ކުރިން ޖީޑީޕީގެ ދެ ޕަސެންޓުގައި ހުރި ކެޕިޓަލް ޚަރަދު 2024 ވަނަ އަހަރުގެ އިންތިގާލީ ބަޖެޓުގައި ޖީޑީޕީގެ 3.8 ޕަސެންޓަށް ބޮޑުކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!