ޚަބަރު

ފޭސްދޭކުން ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލެ އިން ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ރ. އިނގުރައިދޫ، ކަނބުރުގެ، ޢާއިޝަތު ޒީވާ ސަޢީދު ،13، ކަމަށެވެ.

ޒީވާގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓުކޮށްފައިވަނީ ރޭ 07:45 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އޭނާ އެންމެ ފެނިފައިވަނީ ރޭ 18:00 އެހައިކަންހާއިރު، ދިރިއުޅޭ އެޕާޓްމަންޓުން (މިހާރު ދިރިއުޅޭ އެޑްރެސް: ހުޅުމާލެ ފޭސް 2، އެޗް 12) ކަމަށެވެ.

ޒިވާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި ހަމަ އެކުލައިގެން ޕޮކެޓް ޖިންސެއްކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

ޒީވާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅައި ހިއްސާކުރަން ފުލުހުން އެދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!