ޚަބަރު

ދެ ރިސޯޓަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ 3 މީހަކު ޓެސްޓު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ރިއު ހޮޓެލްސް އެންޑް ރިސޯޓް މޯލްޑިވްސް އާއި ފުރަވެރި ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ ތިން މީހަކު ފެނިގެން ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ރިއު ހޮޓެލްސް އެންޑް ރިސޯޓް މޯލްޑިވްސްގައި، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ފުރަވެރި ރިސޯޓުން ވައިރަހަށް ޝައްކުކުރެވޭ ދެ ބިދޭސީއެއް ސާމްޕަލް ނަގައި ޓެސްޓު ކުރެވެމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ޓެސްޓްގެ ނަތީޖާ ލިބެންދެން އެ ތިން މީޙުން ހޯމް އައިސޮލޭޝަނަށް އަދި އެ ދެ ރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށެވެ.

މީގެ ކުރިން ވަނީ ލަންކާއަށް ދަތުރުކޮށްފައިވާ ޅ. ހިންނަވަރު މީހަކާއި ދ. ކުޑަހުވަދޫ އާއި އއ. އުކުޅަހުން އިންޑިއާގެ ޓްރެވެންޑްރަމަށް ދަތުރުކޮށްފައިވާ ދެ މީހަކާއި ރ. ފައިނުން އިންޑިއާގެ ކޮޗިންއަށް ދަތުރުކޮށްފައިވާ މީހެއް ވައިރަހުގެ އަލާމާތްތައް ހުރުމުން ސާމަޕަލް ނަގައި ޓެސްޓުކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައެވެ.

މީގެއިތުރުން މާލޭގައި ހުރި ދެ މީހެއްގެ ވެސް ސާމްޕަލް ނަގައި އެ ދެ މީހުން ވަނީ ގޭގައި އެކަހެރިކޮށްފަ އެވެ. އެތަނުން އެކަކަކީ އިންޑިއާއިން އައި މީހެކެވެ. އަނެއް މީހާއަކީ ލަންކާއިން އައި މީހެކެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮރޯނާއަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ.

އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ފަސް މީހަކާއި، "އައިލެންޑް ސަފާރީ 1" ނަމަކަށް ކިޔާ ސަފާރީން ޕޮޒިޓިވްވި ދެ މީހަކާއި، ސޭންޑީޒް ބަތަލާއިން ދެ މީހަކާއި، ކުރަމަތި ރިސޯޓުން ދެމީހަކާއި އަނަންތާރާ ދިގު ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!