ދުނިޔެ

ޗައިނާގައި ތައިޕޭގެ ރެޕްލިކޭޓެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި ސެޓެލައިޓް ފޮޓޯތަކުން ތައިޕޭގެ ހިތުގެ ތަފްސީލީ ނަކަލެއް ފެންނަން ހުއްޓެވެ- ޓައިވާނުގެ ރީތި ގަސްގަހުގެ ބަދަލުގައި އިންނަރ މޮންގޯލިއާގެ ހިކި ބިންގަނޑު ވަށައިގެން އޮތް ނަމަވެސް.

Ads by Sosun Fihaara

ޓައިވާނުގެ ޑޭޓާ އެނަލިސްޓަކު ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ ޕޯސްޓްކުރި، މާޗް މަހުގެ 26 ވަނަ ދުވަހު، "ޗައިނާއިން ޓައިޕޭ މޮކްއަޕް އުފައްދަނީ ހަމަލާއަށް ތަމްރީނު ކުރުމަށް" މި ނުބައި ހެޑްލައިންގެ ދަށުން، "ޓައިވާން ނިއުސް" ވެބްސައިޓުން އެ ތަކެތި ނެގި އެވެ.

ބެއިޖިންގެ ހުޅަނގުން ގާތްގަނޑަކަށް 1،200 ކިލޯމީޓަރު ދުރުގައި ހުންނަ މި މޮކްއަޕް އޮތްކަން ފްރާންސް 24 އަށް ކަށަވަރު ކުރެވުނެވެ.

ކޮންފްލިކްޓް ޒޯންތައް މޮނިޓާކުރާ އަދި ސެޓެލައިޓް ފޮޓޯތަކަށް އެކްސެސް ލިބިފައިވާ އިންޓެލިޖެންސް ފާމް ފޯސް އެނަލިސިސްގެ އެނަލިސްޓެއް ކަމަށްވާ ސިމް ޓެކް ވިދާޅުވީ މި ރެޕްލިކާ އެޅުމުގެ މަސައްކަތް 2021 ވަނަ އަހަރުގެ މާޗް މަހު ފަށާފައިވާ ކަމަށާއި ގާތްގަނޑަކަށް އެއް އަހަރު ދެމިގެން ދިޔަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސައިޓުގައި އިމާރާތްތަކާއި ފޭޑްތައް ހުންނަނީ "ޓައިޕޭއިން ފެންނަ އެއްޗަކުން އިންސްޕަޔާވެގެން، ހަމަ ސައިޒެއް ނުވަތަ ސިފައެއް ނެތި" ކަމަށެވެ.

މި ސެޓެލައިޓް ފޮޓޯތަކުން ފެންނަނީ ޓައިޕޭގެ ޒޮންގްޒެންގް ޑިސްޓްރިކްޓްގެ ރެސްޓްރިކްޓެޑް އޭރިއާއެއް ކަމަށްވާ ބޮއާއީ ސްޕެޝަލް ޒޯން އާ ވަރަށް ބޮޑަށް އެއްގޮތް މަގުތަކުގެ ލޭއައުޓެއް ކަމަށާއި އެ ސަރަހައްދުގައި ޓައިވާންގެ ރިޔާސީ ގަނޑުވަރާއި ސުޕްރީމް ކޯޓާއި ޖަސްޓިސް މިނިސްޓްރީ އާއި ޓައިވާނުގެ މަރުކަޒީ ބޭންކް ހިމެނޭ ކަމަށެވެ.

ބޮއާއީ ސްޕެޝަލް ޒޯނަކީ ވަކި ގަވާއިދަކަށް ވާއިރު، އޭގެ ތެރޭގައި އޯވާފްލައިޓް ކުރުން ހަރުކަށި ކޮށް މަނާކުރުން ހިމެނެ އެވެ.

މިދިޔަ ހަފުތާގައި އެ ފޮޓޯތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ޓައިވާނުގެ ޑިފެންސް މިނިސްޓަރު ޗިއު ޖުއޯ-ޗެންގް ވަނީ އެ ފޮޓޯތަކުގެ މުހިންމުކަން ދައްކުވައިދީފަ އެވެ.

ޗައިނާގެ އަސްކަރިއްޔާއިން މިބާވަތުގެ ނަކަލު އުފެއްދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި ޓައިވާނަކީ އަސްކަރީ ތަމްރީނުގެ ބޭނުމަށް ބޭރުގެ ތަންތަން ނަކަލުކުރުމުގެ ގާބިލުކަން ވެސް ލިބިފައިވާ ގައުމެއް ކަމަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!